ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ މި އަހަރުގެ މެއި މަހުގެ އެކެއްގައި ލިބޭ ގޮތައް މި އަހަރުގެ އެކެޑެމިކް ކަލަންޑަރު އިސްލާހުކޮށްފި އެވެ.
މި ފިޔަވަޅަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ދިރާސީ އާ އަހަރު ފެށޭ ދުވަހާއި ބޮޑު ޗުއްޓީގެ ދުވަސްވަރު ވެސް ބަދަލުކުރަން އެޅުއްވި ފިޔަވަޅެކެވެ.
އެގޮތުން ދެވަނަ ޓާމަށް ބަދަލުތަކެއް ގެނެސް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ 7 ޖެނުއަރީން 30 އޭޕްރިލް އަށެވެ. މިޑް ބްރޭކް ލިބޭނީ 31 މާޗުން 4 އޭޕްރިލް އަށެވެ.
މިޑް ބްރޭކުގެ ގޮތުގައި ހަފުތާ ބަންދު ލައިގެން ހަފުތާއެއްގެ ޗުއްޓީއެއް ލިބުނު ނަމަވެސް، ރޯދަމަހުގެ ފަހު 10 އަކާއި ފިތުރު އީދު އެ ދުވަސްކޮޅަށް ވަންނާތީ އެ ދުވަސްތައް ލައިގެން 16 ދުވަހުގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބޭނެ އެވެ.
އިސްލާހު ކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން ދެވަނަ ޓާމުގެ ބިޑް ބްރޭކަށްފަހު ދަރިވަރުން ކިޔަވާނީ ގާތްގަނޑަކަށް 15 ދުވަހެވެ. އެއަށްފަހު 2 މެއިން 23 މެއިއަށް ބޮޑު ޗުއްޓީ ލިބޭނެ އެވެ. ބޮޑު ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް ހަފުތާ ބަންދު ލައިގެން 25 ވަރަކަށް ދުވަސް ލިބޭނެ އެވެ.
އެއަށްފަހު މި އަހަރުގެ އާ އަހަރުގެ ކިޔެވުން ފަށާނީ މެއި 26 ގަ އެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ، ދިރާސީ އާ އަަހަރުގެ ކިޔެވުން 2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ފަށާ ގޮތަށް ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ބަދަލާއެކު 2025ވަނަ އަހަރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި