ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިން ރައީސް ޑރ. މުއިއްޒަށް މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
ޕީޕަލްސް ގްރޭޓް ހޯލަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން އިސްވެ އެ މަނިކުފާނަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދެންނެވީ ރައީސް ޝީ ޖިންޕިން އެވެ.
ޑރ.މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕީޕަލްސް ގްރޭޓް ހޯލަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައިވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ. މީގެއިތުރުން ޗައިނާގެ އަސްކަރީ ބޭންޑުންވަނީ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ޗައިނާގެ ޢިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ، ތަޢާރަފްކުރެއްވުމަށްފަހު، ރާއްޖޭގެ ޢިއްޒަތްތެރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތަޢާރަފްކޮށްދެއްވިއެވެ.
ޑރ.މުޢިއްޒުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާ ސަރުކާރާއި ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި
ރައީސް މުއިއްޒު ވެރިކަން ކުރަމުންދަނީ ދޯހަޅިކޮށް، ހުދުމުހުތާރު ގޮތެއްގައި: ޔާމީން
ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން އަހަރަކު 500 ޑޮލަރު ދެނީ!
އަޅުގަނޑުމެންނަކީ ފަޚުރުވެރި މިނިވަން ޤައުމެއް، މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ އަޅުގަނޑުމެން
ކޮވިޑްގެ އާ ވޭރިއަންޓް ތަކާއެކު ކޭސްތައް އިތުރުވާތީ ސަމާލުވާން ޑަބްލިޔުއެޗްއޯ އިން
ޗައިނާގައި މުސްކުޅިން ބަލަހައްޓާ މަރުކަޒެއްގައި ރޯވެ 20 މީހުން މަރުވެއްޖެ
ޑުރަގް މައްސަލައެއްގައި ކެނެޑާގެ 4 މީހަކަށް ޗައިނާ އިން މަރުގެ އަދަބު