ތިމާވެއްޓާ ރައްޓެހި ޒަމާނީ ސިޓީއެއްގެ ގޮތުގައި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ރަސްމާލޭގަ 30،000 ހައުސިންގ ޔުނިޓް ޗައިނާގެ އެހީގައި ތަރައްގީ ކުރާނެކަމަށް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ރަސްމާލޭގައި ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗާއިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ސަރުކާރުން ބުނީ ޗައިނާއާ އެކީ ރާއްޖެ އިން ސޮއިކުރި ގިނަ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުމެއްގެ ތެރެއިން ލިބޭ އެހީއެއް ކަމަށެވެ. ޗައިނާއާ އެކީ ރާއްޖެ އިން 20 އެއްބަސްވުމެއްގައި ބުދަދުވަހު ސޮއިކުރި އިރު، ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރަން ހަމަޖެހިފައިވާ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނޭ ކަމަށެވެ. މީގެއިތުރުން ރަސްމާލޭގައި އަސާސީ އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމާއި ގުޅޭ އެއްބަސްވުންތައްވެސް ހިމެނެއެވެ. މިގޮތުން އެހެނިހެން އުމްރާނީ ވަޞީލަތްތަކާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި މަގުތައް ތަރައްޤީކުރުން އޭގެތެރޭގައި ހިމެނެއެވެ.
އެގޮތުން ޗައިނާގެ އެހީގައި ރަސްމާލޭގައި 30،000 ހައުސިންގ ޔުނިޓް ތަރައްގީ ކުރަން ނިންމި ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ސަރުކާރުން އަދި ނުދެ އެވެ.




ގުޅުންހުރި
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ފުލެޓާއި ގޯއްޗަށް ކުރިމަތިލާން ޖެނުއަރީ 4 ގައި ހުޅުވާލަނީ
މާލެ ސަރަހައްދުގައި 7000 ފުލެޓު ހަދަނީ، ރަސްމާލެއިން ފުރަތަމަ ދޫކުރާނީ 15000
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ
ރަސްމާލެ މަޝްރޫއު: އަހަރެއް ތެރޭ ހިއްކާ ނިމުނީ 10 ޕަސެންޓް!
ރަސްމާލެ ބިން ހިއްކަން ފައިސާ ދޭ ބަޔަކަށް ބަދަލުގައި ރަށެއް/ ފަޅެއް