ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުވިޔަސް މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި ހުރިހާ ބޭންކުތައް ހުޅުވިފައި ހުންނާނެ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުވިޔަސް އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހު ރޯދަ މަހުގެ އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް އެމްއެމްއޭ އާއި ބޭންކްތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއެއްގޮތަށް ރޯދަ މަހުގެ ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅާފައެވެ.



