މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މޭޔަރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން ބޮޑު ތަފާތަކުން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.
މިހާތަނަށް ނުގުނު ފޮށިތަކަށް ބަލާއިރު ހާހަކާ ގާތްކުރާ އަދަދެއްގެ ވޯޓު އާޒިމަށް ވަނީ ލިބިފަ އެވެ. އާޒިމާއަށް ލިބިފައި ވަނީ 3500 އަށްވުރެ ގިނަ ވޯޓެވެ. ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް މުހައްމަދު ސައިފް ފާތިހެވެ. އޭނާ ވަނީ ދެހާހާ ގާތްކުރާ އަދަދެއްގެ ވޯޓު ހޯއްދަވާފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު ނުކުންނެވި ކެންޑިޑޭޓް ހުސައިން ވަހީދަށް 1400 އަށް ވުރެ ގިނަ ވޯޓު ވަނީ ލިބިފަ އެވެ.
ފާއިތުވި ދުވަސްތަކުގައި އެންމެ ވާދަވެރިވި ދެ ކެންޑިޑޭޓުން ކަމަށްވާ އާޒިމް އާއި އާޒިމާގެ ފޯރިގަދަ ކެމްޕޭން ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިއްޔެ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓަކު އިންތިހާބުކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެމްޑީޕީން މޭޔަރު އިންތިހާބު ކާމިޔާބު ކުރެއްވީ، ވަގުތު ދެވިއްޖެ ކަމަށާއި ސަރުކާރު ޒިންމާދާރުކުރުވަން މަސައްކަތްނުކޮށް ދެން ބަލަން ނުތިބެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.




ގުޅުންހުރި
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް