މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ އިތުރުކުރަން 1.6 މެގަވޮޓްގެ ހައި ސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުގެ ދެ ސެޓު ރާއްޖެ ގެނެސް އެ ބެހެއްޓުމުގެ މަސައްކަތް މިއަދު ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެންނަން ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓުތަކުގެ ތެރެއިން ޖަނަރޭޓަރު ސެޓްތަކެއް ކަމަށެވެ.
ސްޓެލްކޯއިން ބުނީ ޕީކް ސީޒަންގެ ކުރިން އިތުރު ދެ ޖެނަރޭޓަރު ސެޓާ އެކު ޖުމްލަ 6.4 މެގަވޮޓް އެ ކުންފުނީގެ ޕަވާ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވިގެންދާނެ ކަމަށެވެ.
https://x.com/STELCOMALDIVES/status/1746152489227878475?s=20
އެހެންކަމުން ޕީކް ސީޒަންގައި މެދުނުކެނޑި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަމާ އެކު، މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ އިތުރުކުރެވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން އެކްސް ގައި ކޮށްފައިވާ ޕޯސްޓާއި ގުޅިގެން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައިކަމަށާއި، ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށްކަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މެނޭޖްމަންޓާއި، މުވައްޒަފުން ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.




ގުޅުންހުރި
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ
މިދިޔަ ދެ އަހަރުގެ ރޯދަ މަހު 118 މިލިއަންގެ ރުފިޔާގެ ޑިސްކައުންޓް
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް