ފަންޑިތަ އާއި ސިހުރު ހަދާ މީހުންގެ އެހީތެރިކަން ނުހޯދުމަށް ދިވެހިރާއްޖޭގެ އިސްލާމީ ފިގުހު އެކަޑަމީން އިލްތިމާސްކޮށްފިއެވެ.
ފިގްހު އެކަޑަމީން ނެރުނު ބަޔާނެއްގައި ފަހަކަށް އައިސް ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތްކުރަމުން އަންނަކަން ފާހަގަވެފައިވާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އެފަދަ މީހުންގެ ގާތަށް ގޮސް ހުއްދަ ރުޣުޔާގެ ނަމުގައި ފަނޑިތައިގެ އެހީ ލިބިގަތުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއްކަމަށާއި އެހެންކަމުން އެފަދަ މީހުންގެ އެހީތެރިކަން ނުހޯދުމަށް ފިގްހު އެކަޑަމީއިންވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެފަދަ ކަންކަމަކީ އިސްލާމްދީނުގެ ސާފު ތެދުމަގުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނެކަމަކަށް ވާތީ އެފަދަ ތަކެތި ދިވެހިރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ގެނެސްނުދިނުމަށްވެސް ރާއްޖޭގެ އިސްލާމީ ފިގްހު އެކަޑަމީއިންވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި