ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ނުވަ ފޫޓު ދިގު ކިނބުލެއް ހިފައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ރިސޯޓުގެ ފުއްޓަރުން ކިނބުލެއް ފެނިފައިވާކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:08 ހާއިރު ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ކަމަށެވެ.
އެ ރިޕޯޓް ލިބުމުން އެމްއެންޑީއެފްގެ ސެކަންޑް ސްކޮޑްރަން ސިފައިން ހާބާކުރާފްޓުގައި ގޮސް ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.



