އިދިކޮޅު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނަށް ހަމަލާދީ މަރުގެ އިންޒާރުދީފައިވާތީ އެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ޕާޓީން ގޮވާލައިފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުނަށް ރުހުން ދިނުމަށް މިއަދު ބޭއްވި އެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުރަސް އަޅައި މުޅި މަޖިލީހުގެ ނިޒާމު ގެއްލުވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު އެ ވޯޓު ނެގުމަށް ސަރުކާރު މެމްބަރުން ފުރުސަތު ނުދެނީ ޑިމޮކްރަޓިކް ޕްރޮސެސްއަށް ހުރަސް އެޅުމަށް ކަމުގައި ދެކޭ ކަމަށް އެ ޕާޓީން ބުންޏެވެ.
މެމްބަރުންނަށް އިންޒާރު ދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރު ވެސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ އެކަން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.ރައްޔިތުންގެ
މަޖިލީހުގެ މެމްބަރުން ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް އެ ޕާޓީން ގޮވާލިއެވެ.
”ސަރުކާރުގެ އިސްވެރިން އިންތިޒާމުކޮށްގެން ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދާއިރު, އެއްވެސް ފަރާތަކަށް ބެލުމެއް ނެތި, އެއީ ސަރުކާރުގެ އިސްވެރިންނަށް ވީ ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒު ކުރަން ޖެހޭނެ ކަމަށް މި ޕާޓީން ގަބޫލުކުރަމެވެ. އަދި, ވަކިން ހާއްސަކޮށް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ހިދަމަތްތަކަށް ގޮވާލަމެވެ،“ އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ސައިކަލްގައި ވަޑައިގަންނަވަނިކޮށް މިއަދު އޭނާއަށް ބަޔަކު ހަމަލާދީފައިވާ ކަމަށެވެ. އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއަށް ގުޅައި މަރުގެ އިންޒާރުދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގުޅުންހުރި
ގާނޫނާ ހިލާފަށް ވަޒީފާ އިން ވަކިކުރާ މީހުންނަށް އެމްޑީޕީން ގާނޫނީ އެހީތެރިކަން
ފެންނަނީ ޑިމޮކްރަސީގެ ހަމަތަކާ ދުރަށްދާ މަންޒަރު: ޝާހިދު
އެމްޑީޕީއަކީ ބަގާވާތް ކުރާނެ ބައެއް ނޫން، މަގުމައްޗަށް ނުކުންނާނީ ޒިންމާދާރު ކުރުވަން:
ސަރުކާރުގެ މިސްރާބު ހުރީ މާލީ ހާލަތު ހާމަނުކޮށް ސިއްރުވެރި ދައުލަތެއް ގާއިމުކުރުމަށް:
ކުންފުނިތަކުން ވަކިކުރި މުވައްޒަފުންގެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް އެހީތެރިވާނަން: އެމްޑީޕީ
ޖެއިޝަންކަރު ވަޑައިގަތުމުން ސަރުކާރުން އަހަންވީ އެމްޑީޕީއާ ގުޅިގެން ވިއްކާލު ކަނޑު ކޮބާތޯ: