ރައްޔިތުންގެ މަޖިލީހުން ރުހުން ނެތް ކަމަށް ފާސްކުރި ތިން ވަޒީރުން، އަލުން އެ މަގާމުގެ ހުވާކުރައްވައިފި އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވަނީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ރުހުން ދެއްވައިފަ އެވެ. މަޖިލީހުގެ ރުހުން ނުދިން ބޭފުޅުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް މިއަދު މީޑިއާތަކަށް ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން އެ ތިން ވަޒީރުން އަލުން ވަޒީރުކަމުގެ ހުވާކުރައްވާފައިވާ ކަމަށެވެ. އެ ތިން ވަޒީރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ނެތް ކަމަށް ނިންމައި މިނިސްޓަރަކު، މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ވަޒީރުކަމުން އޮޓޮމެޓިކުން ވަކިވާނެ އެވެ. އެހެންވެ އެ މަގާމުން އިސްތިއުފާ ދެއްވާކަށް ނުޖެހޭނެ އެވެ.




ގުޅުންހުރި
އާ އަހަރަށް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
ދިވެހީންގެ ގައުމީ ހަޔާތުން ފެންނަ އެންމެ ރީތި އެއް ސިފައަކީ ދިވެހީންގެ
އެކަނިވެރި މައިންގެ އެލަވަންސް 3000 ރުފިޔާއަށް، އެންމެ ގިނަވެގެން ލިބޭނީ 15،000
ސްކޫލު ބަންދުގައި 7،700 އަށްވުރެ ގިނަ ދިވެހީން އުމްރާއަށް ދާނެ
ރިސޯޓު މުވައްޒަފުންނަށް ރިސޯޓާ ކައިރިން ބޯހިޔާވަހިކަން ހަމަޖައްސާނަން: ރައީސް
މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަނީ