އިންޑިއާ ސިފައިން ރާއްޖޭގެ ހާއްސަ އިގްތިސާދުގެ ތެރޭގައިވާ މަސްދޯންޏަށް އެރި މައްސަލަ ތަހުގީގުކޮށް ކަން ހިނގާފައިވާގޮތް އާންމުކޮށް ހާމަކުރުމަކީ ސަރުކާރުގެ މަސްއޫލިޔަތެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްދަމު ސޯލިހް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކަންކަން ކުރިއަށްދާގޮތް ބެއްލެވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ ރާއްޖޭގެ އީއީޒެޑް ގެ ތެރެއަށް ބޭރުގެ އެއްވެސް ގައުމަކުން ހުއްދަ ނުނަގާ ވަދެވިގެން ނުވާނެ ކަމަށެވެ.
“އެއީ ބައިނަލްއަގްވާމީ ގާނޫނު ތަކާއިހިލާފު ކަމެއް. އެހެން އެކަން ހިނގާފައިވާނަމަ އެއީ ވަރަށް ގޯސްކޮށް ހިނގާފައިވާ ކަމެއް.އެކަން ތަހްގީގުކުރެވެން ޖެހޭނެ.” ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދުގެ ތެރޭގައިވާ މަސްދޯންޏަށް އެރި މައްސަލަ ތަހުގީގުކޮށް ކަން ހިނގާފައިވާގޮތް އާންމުކުރަން ޖެހޭކަމަށާއި، އަދި އެކަން ހިނގާފައިވަނީ އިންޑިއާއިން ކަމަށް ވާނަމަ އެ ގައުމުގެމ ސަރުކާރަށް ޝަކުވާ ހުށަހަޅައި ކަން ހިނގާފައިވާގޮތް ބަލައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރަންހުރި ހުރިހާ ކަމެއް ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމަށެވެ.ކަމަށް ރައީސް ސޯލިޙް ވިދާޅުވީ އެއްވެސް ގައުމަކުން އެހެން ގައުމެއްގެ ސަރަހައްދު ތެރެއަށް ނުވަދެވޭނެ ކަމަށެވެ.
ގުޅުންހުރި