ސ. ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 130.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ، ބަނދަރު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 55 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން:
- 5.88 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެ
- 419 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ
- 270 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާނެ
- 728 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާނެ
- 5455 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހަދާނެ
- ސޮކޯ އޭޕްރަނެއް ހަދާނެ
- 12 މީޓަރު ދިގު 12 މީޓަރު ފުޅާ ރޭމްޕެއް ހަދާނެ
- 10 މީޓަރު ދިގު 96 މީޓަރު ފުޅާ ބްރިޖެއް ހަދާނެ

ގުޅުންހުރި
މަގޫދޫގައި އެއާޕޯޓެއް އަޅަން ނިންމުމުން މިނިސްޓަރަށް ގޯސްވީ ކުރީ ސަރުކާރު!
އައްޑޫ މަޝްރޫއުތަކަށް ފެނަކައިން މީހުން ނެގީ އައިޑީކާޑަށް ބަލައިގެން، އިންޓަވިއުއެއް ނުކުރޭ!
ގަމުގައި އެއާޕޯޓެއް އޮތަސް، ހުޅުމީދޫއަށް ވަކި އެއާޕޯޓެއް ބޭނުންވޭ: ޝާޑު
ހަންކެނޑެ ބްރިޖް ފެންސްގައި ޖެހި އެކްސިޑެންޓްވި މީހަކަށް ފަރުވާދެނީ
އައިޖީއެމްއެޗްގައި ހަދާ 75 އެނދުގެ ވޯޑުގެ 90 ޕަސެންޓް މަސައްކަތް ނިމިއްޖެ
މައުމޫން އަތުން 1.1 މިލިއަން ހޯދަން އެމްޓީސީސީން ހުށަހެޅި މައްސަލަ އަނބުރާ