ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް މި ސިޔާސަތުތައް ކަނޑައަޅުއްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ. އެގޮތުން ބޭސް ގަތުމަށް ’ބަލްކް ޕްރޮކިއުމަންޓް ނިޒާމު‘ ފުޅާކުރުމަށް އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ވަނީ ނިންމާފައެވެ.
މި ނިޒާމުގެ ތެރެއިން، ސަރުކާރުން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހަވާލު ކޮށްފައިވާ އެސްޓީއޯ އިން ސިއްހީ ހިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން އެ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ.
ހަމައެހެންމެ މި ނިޒާމަށް ބޭނުންވާ އަދި ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެފަދަ ގުދަންތައް ސެންޓްރަލީ މޮނިޓާ ކުރާނެ ނިޒާމެއް ގާއިމުކުރުމަށްވެސް ރައީސް ނިންމަވާފައިވެއެވެ.
މީގެ އިތުރުންވެސް ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު (ކުއަންޓިޓީ) ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކޮށް، އިންސާނީ ވަސީލަތް އިތުރުކޮށް ތަރައްގީ ކުރުމަށްވެސް ވަޒީރުންގެ މަޖީލިހުގެ ލަފާފުޅާއެކު ރައީސް ނިންމެވިއެވެ.
އެމްއެފްޑީއޭއިން ދާދިފަހުން ވަނީ ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށްޓަކައި ”ޕޯސްޓް މާކެޓް ސަވައިލަންސް ޕްލޭން“ އެއް ހަދާ އެޕްލޭން އާ އެއްގޮތަށް ރެންޑަމް ސާމްޕަލްނަގާ، ބޭހުގެ ކޮލިޓޭޓިވް އަދި ކްއަންޓިޓޭޓިވް ޓެސްޓްތައް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.
އަދި ހަމައެހެންމެ ފާމަސީތަކާއި ބޭސް ރައްކާކުރާ ގުދަންތަކުގައި އަދި އާންމު ފިހާރަތަކުގައި ހުރި ބޭހުގެ ސްޓޮކް ވަކި ކުރުމަށްފަހު ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިނުގައި ބެހެެއްޓުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.




ގުޅުންހުރި
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ވާޖިބެއް: ރައީސް
އަމާޒަކީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅުވައިލުމުގެ ބުރިޖުގެ މަސައްކަތް އަންނަ
ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު، ތަރައްގީގެ އެތައް މަސައްކަތްތަކަކަށް މަގުފަހިވާނެ: ރައީސް