ނޮވެމްބަރ 22, 2024

ކަނޑައަޅާފައިވާ މިންވަރަށް ރަޖިސްޓްރީ ކޮށްފައިނުވާތީ ވޯޓްފޮށި ނުބަހައްޓަން ނިންމިތަންތަން އީސީން އާންމުކޮށްފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިލްކެޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މިންވަރަށް ރަޖިސްޓްރީކޮށްފައި ނުވާތީ ބައެއް ތަންތަނުގައި މިފަހަރު ވޯޓު ފޮށި ނުބަހައްޓަން އެ ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުންބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓު، ރާއްޖެއިން ބޭރު އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ރީ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންގ ހަމަނުވުމުގެ ސަބަބުން، ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން އެތަންތަނުގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީ، އެ ތަންތަނުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ. އަދި އެތަންތަނުގައި ދިރިއުޅޭ މީހުންނާއި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

 ވޯޓްފޮށި ނުބަހައްޓަން އެކޮމިޝަނުން ނިންމާފައިވާ ރިށޯޓްތަށް:

ވޯޓުފޮށީގެކޯޑު

#

ސޮނެވާ ޖަނީ (ނ. މެދުފަރު އައިލެންޑް)

ނ. މެދުފަރު އައިލެންޑް

ނ

Z01.1.4

1

އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު (ރ. މާމުނަގައު)

ރ. މާމުނަގައު

ރ

Z01.1.5

2

ޖޯލި ބީންގް (ރ. ބޮޑުފުށި)

ރ. ބޮޑުފުށި

ރ

Z01.1.6

3

ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ)

ބ. ފޮނިމަގޫދޫ

ބ

Z01.1.8

4

ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި)

ބ. ކަނުފުށި

ބ

Z01.1.11

5

ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ)

ޅ. ކުރެއްދޫ

ޅ

Z01.1.12

6

އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)

ކަނިފުށި

ޅ

Z01.1.13

7

ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި)

ކ. އޮޅުވެލި

ކ

Z01.1.16

8

ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި)

ކ. ކަނޑޫމާފުށި

ކ

Z01.1.18

9

ސިނަމަން ދޮންވެލި މޯލްޑިވްސް (ކ. ކަނުއޮތްހުރާ)

ކ. ކަނުއޮތްހުރާ

ކ

Z01.1.20

10

އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެގެނލި (ކ.ހެލެގެނލި)

ކ.ހެލެގެނލި

ކ

Z01.1.23

11

ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް، (ކ. ލަންކަންފިނޮޅު)

ކ. ލަންކަންފިނޮޅު

ކ

Z01.1.29

12

ކޮންސްޓެންސް މޫފުށި (އދ. މޫފުށި)

އދ. މޫފުށި

އދ

Z01.1.33

13

ނިޔަމަ މޯލްޑިވްސް (ދ. އޮޅުވެލި އެންޑް އެނބޫދޫފުށި)

ދ. އޮޅުވެލި އެންޑް އެނބޫދޫފުށި

ދ

Z01.1.35

14

ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް( އދ. ދިއްދޫ ފިނޮޅު)

އދ. ދިއްދޫ ފިނޮޅު

ކ

Z01.1.37

15

މިލައިދޫ އައިލެންޑް މޯލްޑިވްސް ( ބ.މިލައިދޫ )

ބ. މިލައިދޫ

ބ

Z01.1.42

16

ޑަބްލިޔު މޯލްޑިވްސް (އއ. ފެސްދޫ)

އއ. ފެސްދޫ

އއ

Z01.1.44

17

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުފޮށި ނުބަހައްޓާ ސިނާއީ މަސައްކަތްކުރާ ތަންތަން

ވޯޓުފޮށީގެނަން

ވޯޓުފޮށިބަހައްޓާ ރަށް

އަތޮޅު

ވޯޓުފޮށީގެކޯޑު

#

ހުޅުލެ-1

ހުޅުލެ

މާލެ

V02.1.1

1

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުފޮށި ނުބަހައްޓާ ރާއްޖެއިން ބޭރުގެ ތަންތަން

ވޯޓުފޮށީގެނަން

ސިޓީ

ޤައުމު

ވޯޓުފޮށީގެކޯޑު

#

އިންޑިއާ/ ޓްރިވެންޑްރަމް – 1

ޓްރިވެންޑްރަމް

އިންޑިއާ

W01.1.1

1

ތައިލެންޑް / ބެންކޮކް – 1

ބެންކޮކް

ތައިލެންޑް

W03.1.2

2

އިނގިރޭސިވިލާތް /ލަންޑަން – 1

ލަންޑަން

އިނގިރޭސިވިލާތް

W04.1.1

3

އެކުވެރި ޢަރަބި ޢިމާރާތް / އަބޫ ދާބީ – 1

އަބޫ ދާބީ

އެކުވެރި ޢަރަބި ޢިމާރާތް

އިލެކްޝަންސް އިން ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާއިރު މި ފުރުޞަތުގައި ވޯޓު ފޮށި ބަހައްޓާކަން ކަށަވަރުވެފައިވާ ތަނަކަށް ރަޖިސްޓްރީނުކުރާނަމަ އެ ފަރާތްތަކަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ބޭރު ޤައުމުތަކުގެ ތެރެއިން މަޖިލިސް އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ސްރީލަންކާއާއި މެލޭޝިއާގައި އެކަންޏެވެ.

ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް އިން ފުރުޞަތު ހުޅުވާލީ މި މަހުގެ 1 އިން 7 އަށެވެ. އެ މުއްދަތުގެ ތެރޭގައި 13،378 މީހުން ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅިއިރު ރަޖިސްޓްރީ ކޮށްދީފައިވަނީ 11،919 މީހުންނެވެ.