ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލަން ހައިކޯޓުން ނެރުނު އަމުރު ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފިއެވެ.
ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުވުމުގެ އަމުރެއް ހައިކޯޓުން އިއްޔެ ނެރުމާއި ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން އެ އަމުރު މިއަދު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މިމައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، އަދި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ނެރުއްވާފައިވާ އަމުރުގައި ބުނެފައިވަނީ، ހައިކޯޓުގެ ގަޟިއްޔާއިން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން މިވަގުތަށް ފަސްނުކޮށްފިނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެންދިއުމުގެ އިހްތިމާލު ފާޅުކަން ބޮޑުކޮށް ފެންނަން އޮންނަކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގަންދެން ނުވަތަ މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން، ހައިކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަނީ އަމުރުކޮށްފައިވެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމުން އެއީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ ކަމެއް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން އާންމު ފަރާތަކުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުން ހުއްޓުވުމުގެ އަމުރަކަށް އެ ފަރާތުން އެދުނަސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ މައްސަލައިގައި ކޯޓުން ހުކުމް ކުރަންދެން ގުޅިފަޅު ހިއްކުން މަޑުޖައްސާލުމަށް އަމުރެއް ނެރެފައެވެ.
އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ރޭ އެކްސްގައި ވިދާޅުވީ ކުޅިފަޅު ހިއްކުން ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް ދައުލަތަށް ލިބެމުންދާނެ ކަމަށެވެ.
ގުޅިފަޅު ހިއްކުން ހުއްޓުވާފައި ވަނީ ބިންހިއްކުމުގެ 90 ޕަސެންޓް މަސައްކަތް ނިމިފައި ވަނިކޮށް ކަމަށް ވެސް އޭޖީ ވިދާޅުވިއެވެ.
ގުޅުންހުރި
މަދަނީ އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވާފައިއޮތް ގޮތުން ތަންފީޒު ކުރަން