ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 1،800 ބިދޭސީން، އަނބުރާ ފޮނުވާލާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ހަތަރު އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަަލަ ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އެގޮތުން އެ މައްސަލަ ހައްލުކުރަން އެ މަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ޓާސްކް ފޯސެއް އެކުލަވާލައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
”ސީދާ ރައީސްގެ ބެއްލެއްވުމުގެ ދަށުން އަޅުގަނޑުމެން ޓާސްކް ފޯހެއް ނަގައި މަސައްކަތުގެ އަލީގައި މިހާރު ވާނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 1،800 އަށްވުރެ ގިނަ މީހުން، އޭގެ ތެރޭގައި އަމިއްލައަށް ދިޔަ މީހުންނާއި އަޅުގަނޑުމެން ފޯސްފުލީ ރާއްޖެއިން ޑިޕޯޓްކޮށްލި މީހުން ހިމެނޭހެން ރާއްޖެއިން ބޭރުކުރެވިފަ. މިއީ އަޅުގަނޑުމެން ދާން ބޭނުންވާ ސްޕީޑަކީ،“ އިހުސާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ އަމާޒަކީ މަސްތުވާތަކެތީގެ މައްސަލަ އެއްކޮށް ހައްލުކުރުން ކަމަށެވެ. އެކަމުގައި ކުރެވޭ މަސައްކަތުގެ ދަށުން މިދިޔަ ތިން މަސް ތެރޭ 47.5 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި، މަގުމައްޗަށް ދިއުމުގެ ކުރިން އަތުލައިގަނެފައިވާ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
ރައީސްގެ ވަޓްސްއެޕް ޗެނަލެއް، 6 ގަޑިއިރު ތެރޭ 2،000 މީހުން ވަދެއްޖެ
މިއަދަކީ އެކްސްޕޯ 2025 ގެ ފަހު ދުވަސް، 40 އެގްޒިބިޓަރުން ބައިވެރިވި!
ކޮރަޕްޝަންގެ މައްސަލައެއް ބަލަން އޭސީސީ އާއި ފުލުހުން، އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
މާންދީއާއި މާޒް ސަލީމް ބަރަހަނާކޮށް ފޮޓޯ ނަގަން އަމުރުކޮށްފި
ޖާހްގެ ބޭންކު އެކައުންޓްތަކުގައި ފައިސާ ފައިސާ ހުރި ނަމަ ހިފަހައްޓަން އަމުރުކޮށްފި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި