މަޖިލީހަށް ވާދަކުރައްވާ ތިމާގެ އާއިލާއިން ނުކުމެފައި ހުރި މީހަކީ ސަރުކާރު ޕާޓީގެ މީހަކަށް ނުވާ ނަމަ، އޭނާއަށް ވޯޓު ނުދެއްވައި ސަރުކާރަށާއި އެ މަނިކުފާނަށް އެއްބާރުލުން ދެއްވާނެ މެންބަރަކު ހޮއްވެވުމަށް ރައީސް ޑރ. މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުދޫމީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ސަރުކާރަށް އެއްބާރުލުން ދެއްވަން އޮތް އެންމެ މުހިންމު ދަނޑިވަޅު ކަމަށެވެ.
އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ނުބަލައި، ގައުމާއި ރަށާއި ސިޓީގެ ތަރައްގީއަށްޓަކައި ކުރައްވަންވީ ކަމެއްގެ ގޮތުގައި ގަބޫލު ކުރެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގައާއި ގެއްލުވައިލާފައި އޮތް ކަނޑުގެ ބޮޑު ސަރަހައްދުގެ މައްސަލަ ހައްލު ކުރެވޭނީ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބިގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ވަގުތު އިސްކުރަންވީ ގައުމު ކަމަށާއި އިސްކުރަންވީ ގައުމީ މަސްލަހަތު ކަމަށެވެ.
”ތިމާގެ އާއިލާއިން ނުކުމެފައި ހުރި މީހަކު މަޖިލިސް މެންބަރަކަށް ހޮވުން އެއީ، ސަރުކާރަށް ތާއީދުކުރާ ޕާޓީގެ މީހާއަށް، ނުވަތަ ސަރުކާރުން އެންޑޯޒް ކޮށްފައި ހުރި މީހާއަށް ނުވަންޏާ، އެގޮތް ހިޔާރުކުރުމަށްވުރެ ސަރުކާރަށް މި ވަގުތު ދެންމެ މި ދެންނެވި ގޮތަށް، ތިޔަ ބޭފުޅުންނަށްޓަކައި އަޅުގަނޑު ކުރަން ފަށާފައި މިހިރަ މަސައްކަތް، ތިޔަބޭފުޅުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަދާކުރުމަށްޓަކައި އެއްބާރުލުން ދޭނެ މެންބަރުން ހޮވުންތޯ. އެއީ، ތިޔަބޭފުޅުން މި އަންނަ މަހު އޮންނަ އިންތިހާބުގައި ނިންމަވަންވީ ނިންމެވުމަކީ. މިއީ، ގައުމީ ނިންމުމެއް. ގައުމީ ވާހަކައެއް މިއީ،“ ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި
ގުރުއާން ހިތުދަސް ކުރި 28 ހާފިޒަކަށް ރައީސްގެ ހާއްސަ މެޑަލް ދީފި
މަރާމާތަށްފަހު އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުވައިފި
އަމިނަތު ހުސައިން ފިޝަރީޒްއަށް، ނަމްޒާ ޔޫތްއަށް ބަދަލުކޮށްފި
އަންނަ އާދީއްތަ ދުވަހު ރައީސް، އިންޑިއާއަށް ވަޑައިގަންނަވަނީ
އަނބިދަރީންނަށް އަޅައިނުލުމަކީ އަނިޔާއެއް އަދި ހަރާމް ކަމެއް, ގިޔާމަތް ދުވަހުން ސުވާލު
ބައްސާމް ގަތް ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އަމުރުކޮށްފި