އެޗްޑީސީގެ ޗެއާމަން ކަމަށް އަހުމަދު ޒުހޫރު ހަމަޖައްސައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިއަދު ކަމަށެވެ.
ޒުހޫރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ. އެގޮތުނ ފުރުއްވި މަގާމުތަކުގެ ތެރޭގައި:
- ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު
- ޔޫތު މިނިސްޓަރުގެ މަގާމު
- ހެލްތު މިނިސްޓަރުގެ މަގާމު
- ހޯމް މިނިސްޓަރުކަން ކުޑަ ދުވަސްކޮޅަކަށް ކުރެއްވި
- ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު
- ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު
- އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމު
އެޗްޑީސީގެ ބޯޑުގެ ޗެއާގެ އިތުުރުން އެ ކުންފުނީގެ ބޯޑުގައި 8 ބޭފުޅުން ތިއްބަވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަޒުލް ރަޝީދެވެ. އޭނާއަކީ ރައީސް ޔާމީންގެ ސަރުކާރުގެ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރެވެ.




ގުޅުންހުރި
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި