ނޮވެމްބަރ 25, 2024

ފިލްމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޝާކިރުބެ ނިޔާވެއްޖެ

ފިލްމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މާލެ، ގ. ސެފްރަން، އިބްރާހީމް ޝާކިރު (ޝާކިރުބެ) ނިޔާވެއްޖެ އެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ޝާކިރުބެ ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައި އުމުރުން 85 އަހަރުގަ އެވެ. ޝާކިރުބެގެ ކަށު ނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހުގަ އެވެ.

ޝާކިރުބެއަކީ ޓީވީއެމްއަށްވެސް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޝާކިރުބެ އެންމެ ފުރަތަމަ ފެނުނީވެސް ޓީވީއެމްގެ ޑްރާމާއަކުންނެވެ.

ޝާކިރުބެ ވަނީ ޓީވީއެމްގެ ޑިއުޓީ އޮފިސަރެއްގެ ވަޒީފާގައި ހުންނަވައިގެން ގަހާއި ބަގީޗާ ހެއްދެވުމަށް އިސްނަންގަވައި، ޓީވީއެމް ޒީނަތްތެެރިކުރުމުގައި ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފަ އެވެ. އަދި ޝާކިރުބެ ވަނީ ޓީވީއެމްގެ ޑްރާމާތަކާއި ފިލްމުތަކުގައި ހިލޭ ސާބަހަށް ބައިވެރިވެދެއްވައިފަ އެވެ.

Leave a Reply