އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އިސްކުރަނީ ޕާޓީއާއި އަމިއްލަ މަސްލަހަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ރައްޔިތުންނަށް ވައުދުވި ހުރިހާ ކަމެއް ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވި ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން ހިމަނާފައިވާ ކަމަށެވެ.
ނަމަވެސް ހިމެނި ކަންކަމުގައިވެސް މަސައްކަތް ފެށޭވަރަށް އަދި ފަށާފައި ހުރި މަސައްކަތް ނިންމޭ ވަރަށް ފައިސާ ހިމަނާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަން އެގޮތަށްވީ މިހާރު ހިނގަމުންދާ މަޖިލީހުގައި ސަރުކާރުގެ މެންބަރުން މަދުވުމުންނެވެ. އެހެންކަމުން މަޖިލީހަކީ ސަރުކާރަށް ކަންކަން ފަހިކޮށްދޭ މަޖިލީހަކަށް ވެގެންދާންޖެހޭ ކަމަށް ވިދާޅުވި އެވެ.
”މި ކަންކަން ކުރުމުގައި ހަގީގަތުގައިވެސް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ކުރިންވެސް ދެންނެވި ފަދައިން މަޖިލީހުގެ ތެރެއިން ބަޖެޓް މި ފާސްކުރަނީ. ބަޖެޓު ފާސްކޮށްފައި އޮތް ގޮތް ކުރިން މި ދެންނެވީ. އަޅުގަނޑުމެންނާ އެއް ވިސްނުމެއްގައި ނެތް މެންބަރުންތަކެއް ތިބީމަ ވެގެން އުޅޭ ގޮތެއްގެ ވާހަކަ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އަދި އަމުދުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރަން ހުރި މަސައްކަތްތަކުގައިވެސް ވަރަށް މުހިންމުވާނެ މަޖިލީހަކީ، ކަންކަން ފަހިކޮށްދޭ މަޖިލީހަކަށް ވެގެން ދިއުން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ތަރައްގީ އަދި ތަހުޒީބުވެފައިވާ ޑިމޮކްރަސީތަކުގައި ކޮންމެ ޕާޓީއަކުން މީހަކު ހޮވިފައި ހުއްޓަސް، އެ ދާއިރާއަށް ނުވަތަ ގައުމަށް ކުރިއަރުން އަންނަ ނަމަ އެކަމަށް އެއްބާރުލުން ދެއްވާ ކަމަށެވެ. ނަމަވެސް އެ ހިސާބަށް ރާއްޖެ އަދި ނުދާ ކަމަށް ވިދާޅުވިއެވެ.
”ރާއްޖޭގައި އެހިސާބާ ގާތަށްވެސް ނުދޭ. މާބޮޑަށް ސިޔާސީވެފައި އޮންނަނީ. އަދި އަމުދުން މިހާރުގެ އިދިކޮޅު ޕާޓީން ވަރަށް ބޮޑަށް ޕާޓީ ލައިން ނަގަނީ ކަންކަމުގައި. ތަރައްގީގެ ވިސްނުމެއް ނޫން، ގައުމަށް ފައިދާހުރި ކަންކަމެއް ނޫން. އެ ފަރާތްތަކުގެ އަމިއްލަ މަސްލަހަތުތަކެއް އަދި އަމުދުން މިހާރު ފެންނަ ގޮތަށް މިދިޔަ ތިންމަސް ތެރޭގައި ކަންކަން ފެނުނު ގޮތުން ވިއްޔާ، މީގެ ކުރިން ވެރިކަމުގައި ތިބި އިރު ގައުމާ ދޭތެރޭ ކަންތައް ކުރި ގޮތަށް ބަލާއިރުގައި މުޅިން އެހެން ފަރާޓތެއް މާބޮޑު މަސްލަހަތުތަކެއް ހިމާޔަތްކުރުމުގެ އެޖެންޑާއެއް ގެންގުޅެނީ،“ ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް، ހުރިހާ ހަރަދެއް ކުރައްވާނީ އަމިއްލަފުޅަށް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން: