ރާއްޖޭގައި ”މަޑްކްރެބް“ ނުވަތަ ނޫމާ ކަކުނި އާލާކޮށްގެން އާމްދަނީއެއް ހޯދޭނެތޯ ބެލުމަށް ދިރާސާއެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް މެރިން ރިސާޗް އިންސިޓިއުޓް (އެމްއެމްއާރްއީ) އިން ކުރަމުން އަންނަ ކަމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފުނަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ޝިޔާމު ވިދާޅުވީ، މެރިކަލްޗާއަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ތަރައްގީކޮށް ކުރިއަރުވަން ބޭނުންވާ ދާއިރާއެއް ކަމަށެވެ. އަދި އެކަަމަކީ ރައްޔިތުންނަށް ބޮޑު އާމްދަނީއެއް ހޯދޭނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި 170 އަށް ވުރެ ގިނަ ރިސޯޓް އޮންނައިރު، އެ ރިސޯޓުތަކުން މަޑްކްރެބް ގަންނަ ކަމަށެވެ. އެހެންވެ ރާއްޖޭގައި މަޑްކްރެބް އާލާކޮށް އާމްދަނީ ހޯދޭނެތޯ ބެލުމަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ފުނަދޫއަކީ އެންމެ ގިނަ އަދަދަކަށް މަޑްކްރެބް އުޅޭ އެއް ރަށެވެ. އެރަށު ދަށްފަޅު ނަމަކަށް ކިޔާ ހަތަރު ހެކްޓަރު ހުންނަ ކުޅިއެއްގެ ތެރޭގައި އެ ވައްތަރުގެ ކަކުނި ގިނަ އަދަދަކަށް އުޅޭއިރު، ފުނަދޫ މީހުން އެ ކަކުނި ކައި އުޅެ އެވެ.
މަޑް ކްރެބަކީ ތިލަ ފަޅުތަކުގައި އުޅޭ ވަރަށް މަސްމީރު ކަކުންޏެކެވެ. މަޑު މުށިކުލައެއްގައި އޮންނަ އެ ޒާތުގެ ކަކުނިތަކަކީ ވަރަށް ބޮޑެތިވާ ކަކުނި ތަކެކެވެ. ގާތްގަނޑަކަށް ތިން ކިލޯގެ އެ ބާވަތުގެ ކަކުނި ފުނަދޫގައި އުޅޭ ކަމަށްވެ އެވެ.
ގުޅުންހުރި
މަސް ގަންނަ އަގު ކުޑަކުރީ ހެޔޮ ނިޔަތުގައި: ޝިޔާމް
ފުނަދޫ އެއާޕޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން މޯލްޑިވިއަންގެ ދަތުރުތައް ކެންސަލްކޮށްފި
ލޭނުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ލިބޭނެ، ނުކުރަންވީ ސަބަބެއް ނެތް: ޝިޔާމް
ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ
ކުޑަކުދިން ލައްވައި ޑުރަގް ވިއްކާ މީހަކު ފުނަދޫން ހައްޔަރުކޮށްފި
މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފިން ބާކީ ނުދެވި އޮތީ 61