ރާއްޖެ ކުޑަވުމަކީ އެހެން ގައުމުތަކަށް މި ގައުމަށް ބުލީކުރަން ލިބޭ ލައިސަންސެއް ނޫން ކަމަށް ވިދާޅުވެ، އިންޑިއާއަށް ނިސްބަތްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ނުސީދާކޮށް ރައްދު ދެއްވައިފި އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ޖެނުއަރީ 13 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވަނީ އިންޑިއާއަށް އިޝާރާތް ކުރައްވައި ރާއްޖެއަކީ ވަކި ގައުމެއްގެ ’ބެކްޔާޑުގައި‘ އޮތް ގައުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާގެ ދިއްލީގައި ފޮތެއް ލޯންޗުކުރި ރަސްމިއްޔާތެއްގައި އާންމުންގެ މީހަކު ވަނީ އިންޑިއާއަކީ ސަރަހައްދުގެ ގައުމުތަކަށް ބުލީ ކުރާ ގައުމެއްތޯ ޖައިޝަންކަރާ ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، އޭޝިއާ ސަރަހައްދުން މިހާރު ފެންނަ ތަރައްގީގެ އަސްލަކީ އިންޑިއާ އާއި އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުން ކަމަށެވެ.
”އިންޑިއާއަކީ ބުލީ ކުރާ ގައުމެއް ކަމަށް ބުނާއިރު، ބުލީކުރާ ގައުމަކުން އަވަށްޓެރިން ހާލުގައި ޖެހުމުން 4.5 ބިލިއަން ޑޮލަރެ އެހީ ނުދޭނެ. ބުލީކުރާ ގައުމަކުން ކޮވިޑުގެ ދުވަސްވަރު އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށެއް ނުދޭނެ. އަދި ބުލީކުރާ ގައުމަކުން ދުނިޔޭގައި އެކި ކަންކޮޅުގައި ހަނގުރާމަތައް ކުރިއަަށްދާއިރު އެ ގައުމުގެ އަމިއްލަ ގަވާއިދުތައް ބަދަލުކޮށްގެން ކާނާ ނުވަތަ ތެޔޮ ނުވަތަ ފާޓިލައިޒާ ޑިމާންޑަށް އެހީއެއް ނުވާނެ،“ ޖައިޝަންކަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންޑިއާއިން އަބަދު ވެސް އަވަށްޓެރި ގައުމުތަކަށް އެންމެ އެހީ ބޭނުންވާ ދަނޑިވަޅުތަކުގައި އެހީވަމުން ކަމަށާއި އެގޮތުގައި އިންޑިއާ ދެމި އޮންނާނެ ކަމަށެވެ.

ގުޅުންހުރި
މިހާތަނަށް 1.4 މިލިއަން ހައްޖުވެރިން ސައުދީއަށް އެތެރެވެއްޖެ
ދިވެހި ހުރިހާ ހައްޖުވެރިން މައްކާގައި، އެންމެންގެ ހާލުވެސް ރަނގަޅު
އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނަގާފާނެތީ، ސަރުކާރުން ނަންބަރު އައިނުގެ ވިޔަފާރި
މާލޭގައި އުޅޭ ބޯހިޔާވަހިކަން ނެތް 18 އަހަރުން މަތީގެ އެންމެނަށް މި
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި، އަރިހުގައި 8 ބޭފުޅުން ބައިވެރިވޭ