ސްޓެލްކޯއިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްތަކުން ނަގަމުން އަންނަ 30 ރުފިޔާގެ ޗާޖު އަންނަ މަހުން ފެށިގެން ނެގުން ހުއްޓާލައްވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯ އިން ނުވަ ރަށަކަށް ފެނުގެ ހިދުމަތްދެ އެވެ. އެއީ އއ. އުކުޅަސް، އެ އަތޮޅު ތޮއްޑޫ، އދ. މަހިބަދޫ، ކ. ގުރައިދޫ، އއ. ރަސްދޫ، ކ. ގުޅި، އދ. ހަންޏާމީދޫ، އދ. މަންދޫ އަދި އއ. މަތިވެރި އެވެ. އެއިން ކޮންމެ ރަށެއްގެ ކޮންމެ ގޭބިސީއެއްގައި ބަހައްޓާފައި ހުންނަ ފެން މީޓަރުން ކޮންމެ މަހަކު 30 ރުފިޔާ ނަގައެވެ.
ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ އަޑު އައްސަވައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފަހިކޮށްދެއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވާ ހިދުމަތްތެރިއެއް ކަމަށެވެ.
”ރައީސްގެ އެ ހަރުދަނާ ވިސްނުންފުޅުތަކާއެކު ސްޓެލްކޯއިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްތަކުން ނަގަމުން އަންނަ 30 ރުފިޔާގެ ޗާޖު އަންނަ މަހުން ފެށިގެން ނެގުން ހުއްޓާލެވޭނެ. ރައްޔިތުންގެ ލާބައަށް އެ މަނިކުފާނު މި ނިންމެވި ނިންމުން އަޅުގަނޑުމެން ތަންފީޒުކުރާނީ އުފަލާއި އިހުލާސްތެރިކަމާއެކު،“ ފަހުމީ ވިދާޅުވި އެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ