ޖަލްސާ ބާއްވަން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްޓަކައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ 9:00 ގައި ރިޔާސަތަށް ވަޑައިގެންނެވުމަށްފަހު ކޯރަމް ހަމަވޭތޯ ވަގުތުކޮޅެއް ބެއްލެވުމަށްފަހު ވިދާޅުވީ، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ އެންމެ 11 މެންބަރުން ކަމަށެވެ. އެހެންވެ 9:30 ގައި ޖަލްސާ ފަށާނެ ކަމަށް އިއުލާން ކުރެއްވި އެވެ.
ނަމަވެސް 9:30 އަށްފަހު ޖަލްސާގެ ރިޔާސަތަށް ވަޑައިގެން ވަގުތު ކޮޅެއް ދެއްވުމަށްފަހުވެސް ކޯރަމް ހަމަނުވާތީ ގަފޫރު ވިދާޅުވީ، ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އަދި ދެން މަޖިލިސް ޖަލްސާ އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ ކުރިން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހު ޖަލްސާ ބާއްވަމުން އައިގޮތަށް ބަދަލުގެނެސް ބޭނުންވާ ދުވަހެއްގައި ޖަލްސާ ބާއްވަން މަޖިލިސް އިދާރާއިން އޮތީ ނިންމައިފަ އެވެ.




ގުޅުންހުރި
ތިނަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެއްޖެ
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ