ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަހްމަދު ޒައީމްގެ ގަޔަށް ކަޅުތެޔޮ ޖަހައިފިއެވެ.
ޒައީމްގެ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ މިއަދު ހަވީރު އޭނާ ޓީވީ މޯލްޑިވްސްއަށް ވަޑައިގަންނަވަނިކޮށެވެ. އޭނާ ޓީވީ މޯލްޑިވްސްއަށް ވަޑައިގަތީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުސްއަށެވެ.
އަމީނީމަގުގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން ކައިރީ ޒައީމް މަޑުކޮށްލައްއިގެން ހުންނަވާ ފޮޓޯތަކެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ލައިގެންހުރި ހުދުކުލައިގެ ގަމީހަށް ވަނީ ވަރަށް ގިނައިން ގަޅުތެޔޮ ޖަހާފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި އެމްޑީޕީން ބުނީ ބަޔަކު ހިންގި އެ ފިނޑި އަމަލު ކުށްވެރިކުރާ ކަމަށެވެ.
ކަޅުތެޔޮ ޖެހުމުން ޒައީމް ވަނީ ގަމީސް ބަދަލުކުރައްވައިގެން ބަހުސްގައި މިއަދު ބައިވެރިވެވަޑައިގެންފައެވެ.




ގުޅުންހުރި
ވަޒީފާއެއް ނެތް ބިދޭސީން ހޯދަނީ
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި
ސަފާރީއެއްގައި ރޯވެ އަނދަނީ
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ޔާމީން އާއެކު މަސައްކަތްކުރަން ނަޝީދު އާއި ސޯލިހު