އޮކްޓޯބަރ 6, 2024

ދޮންއަދަރާދަ ހިނގުން އަލުން ހުޅުވައިފި

ސްޓެލްކޯގެ ބޭނުމަށް މީގެކުރިން ބަންދުކޮށްފައި އޮތް ދޮންއަދަރާދަ ހިނގުން އަލުން ހުޅުވައިފިއެވެ.

މިރޭ އެ މަގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގު ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

ރޯދަމަހުގެ ކުރިން މާލޭގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ފެށީ ސްޓެލްކޯގެ އަތޮޅުތެރޭ މުވައްޒަފުން ހިމެނޭހެން ވަރުގަދަ ޓީމަކާއެކު މިދިޔަ އަހަރުގެ ޑިސެމްބަރ 17 ގައިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މަގު ހުޅުވުމުގެ އިރުޝާދު ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކަމަށާއި، ރައްޔިތުންގެ ވިންދާއި އެއްގޮތައް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާތީ ޝުކުރު ދަންނަވާކަމަށެވެ.

ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާފއި

އަދި މި މަގު ހުޅުވާލުމާއިއެކު، އެކަމުގެ ލުއި ފަސޭހަތައް މާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވީ، ސަރުކާރުން ބަދަލުތަކެއްބޭނުން ވެގެން ކުރަމުންގެންދާ އަވަސް މަސައްކަތްތަކުގައި އެންމެ ފުރިހަމަގޮތެއްގައި އެ މަސައްކަތް ކުރަމުންގެންދަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކަމަށެވެ.