ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ “ބިންވެރިޔާ އަދި “ގެދޮރުވެރިޔާ” ސްކީމާ ގުޅޭ މައްސަލަތައް ބެލުމަށް އުފެއްދި “ހައުސިން ކޮމިޓީ” އަށް އެހީވާން މާލޭ ސިޓީ ކައުންސިލްގެ ސަރުކާރު ހިމެނޭ ”ކައުންސިލް ކޮމިޓީ“ އެއް އުފައްދައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކައުންސިލް ކޮމިޓީއަކީ ހައުސިން ކޮމިޓީގެ މުހިންމު ނިންމުންތައް ނިންމުމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުން ހިމެނުމަށް ބޭނުންވާތީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަޝްވަރާގެ މަތިން އުފެއްދި ފަސް މެމްބަރުން ހިމެނޭ ކޮމިޓީއެއް ކަމަށެވެ.
ކައުންސިލް ކޮމިޓީގައި ހިމެނޭ ކައުންސިލަރުން:
މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް
އާއިޝަތު ނިޒްލީ ރަޝީދު
އަހުމަދު އައިފާން
ހަސަން ނިޒާމް
މުހައްމަދު އަރީޝް
ކައުންސިލަރުންގެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަންނަ އާދިއްތަ ދުވަހު ބާއްވާނެ ކަމަށާއި ކައުންސިލް ކޮމިޓީގެ ސެކެޓްރިއޭޓް ބަލަހައްޓާނީ ހައުސިން މިނިސްޓްރީގެ ފަރާތުން ކަމަށެވެ.
ގުޅުންހުރި
4،000 ފުލެޓް ނިންމަން 30 މިލިއަން ރުފިޔާ ބޭނުންވޭ، އެ ފައިސާ
އަންނަ ހަފުތާގައި ވަގުތީ ލިސްޓު ނެރޭނަން، އަހަރު ނިމުމުގެ ކުރިން ފްލެޓް
އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރާނެ ހަތް ރަށް އިއުލާނުކޮށްފި
އޮސްޓްރޭލިއާގެ އެހީގައި ތައްޔާރުކުރާ ގައުމީ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ މަސައްކަތް
ފުލެޓް ލިސްޓު މިމަހު އާންމު ނުކުރެވޭނެ، ލިސްޓް އާންމު ކުރެވޭނީ މިއަންނަ
މާލެއިން ބިމެއް ވިއްކުން: ހައުސިން މިނިސްޓްރީގެ ކުރީގެ އިސް ދެ މީހަކަށް