ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
އާރުޑީސީން ބުނީ، އެ އެއްބަސްވުމުގެ ދަށުން ވީއައިއޭގެ މަގު ހެދުމާއި މަރާމާތުކުރުމާއި ރީސާފޭސް ކުރުމުގެ އިތުރުން މަގުތައް ގަވާއިދުން ބެލެހެއްޓުމާއި މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތަކުގެ ރެނދުލާފައިވާ ތަންތަން ރަނގަޅު ކުރުމާއި މަގުތަކުގައި ލައިން މާކިން ދެމުން ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން މަގުމަތީގެ ސަރަހައްދުތަކާއި ފެން ހިއްކުމުގެ ނިޒާމުތަކާއި އެއާ ގުޅުންހުރި އިންފްރާންސްޓްރަކްޗާ އާއި އެމްއޭސީއެލްގެ އިރުޝާދާ އެއްގޮތަށް އާންމު ތަންތަނާއި ސައިޑްވޯކްތަކާއި އެ ނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކޮށް، ނެގޭ ކުނި ނައްތާލުންވެސް ހިމެނޭ ކަމަށް އާރުޑީސީން ބުންޏެވެ.
ގުޅުންހުރި
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާރުޑީސީން ތަމްރީން ހޯދައިދިނުމުގެ ޕްރޮގްރާމް ފަށައިފި
ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން މީހަކު އަތުލައިގެންފި
އަމީނީ މަގުގެ މަޝްރޫއު: ޕަމްޕް ސްޓޭޝަންގެ ވެލްވް ޗެމްބަރާއި ޕެނަލް ބޯޑު
މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެއްބާރުލުން ދޭން ނިންމި ފުރަތަމަ ކުންފުންޏަކަށް
އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއާޕޯޓްސް، އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ބަދަލުކުރަނީ
ހުޅުދުއްފާރު މަގުތަކުގައި ތާރު އެޅުމަށް އާރްޑީސީން ތައްޔާރުވަނީ