ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ހުސައިން ސިރާޖު އިންތިހާބު މިއަދު ކޮށްފިއެވެ.
ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ދެ ބޭފުޅަކު ވަނީ ވާދަކުރައްވައިފައެވެ. އެއީ ސިރާޖުގެ އިތުރުން މުހައްމަދު ފައިސަލްއެވެ.
މިއަދު ބޭއްވި ބާ ކައުންސިލްގެ އިންތިހާބުގައި ސިރާޖަށް ލިބިވަޑައިގެންނެވީ 224 ވޯޓެވެ. ފައިސަލަށް ލިބިވަޑައިގެންނެވީ 172 ވޯޓެވެ.
ސިރާޖަކީ އެސް އެންޑް އޭ ލޯފަމުގައި ކޮންސަލްޓަންޓެއްގައި ގޮތުގައި މަސައްކަތް ކުރައްވާ ވަކީލެކެވެ. އަދި އޭނާއަކީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓާގެ ވައިސް ޗެއާމަންއެވެ. މީގެ އިތުރުން ސިރާޖަކީ ޗާޓާޑް އިންސްޓިޓުއުޓް އޮފް އާބިޓްރޯގެ މެމްބަރެކެވެ.
ސިރާޖަކީ ކޮމާޝިއަލް ލޯ އަދި ކޯޕަރޭޓް ލޯގައި ފުންނާބު އިސްބޭފުޅެކެވެ. މަދަނީ ގިނަ މައްސަލަތަކެއްގައި ސިރާޖު ވަނީ ވަކާލާތު ކުރައްވައި ކާމިޔާބުކުރައްވާފައިއެވެ.
ބާ ކައުންސިލްގެ އިންތިހާބު ބާއްވާފައިމިވަނީ އެ މަގާމުގައި ހުންނެވި އިސްމާއީލް ވިޝާމް، މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.




ގުޅުންހުރި
ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
ވިސްނުން ބަހައްޓަންވީ ގައުމާ އެއްކޮޅަށް، އޭރުން މިނިވަންކަން ދެމިއޮންނާނެ: ރައީސް
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހާލު ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އަނިޔާވި މީހުންގެ އަދަދު 6 އަށް
ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވަނީ