ހަތަރު ބިލިއަން ޑޮލަރުގެ އަގުހުރި ރަނާއި ޖަވާހިރާއެކު ފެތުނު ނަވެއް ހޯދަން އިނގިރޭސި ވިލާތުގެ ކުންފުންޏަކުން ނުކުމެއްޖެ އެވެ.
ދަ މާޗަންޓް ރޯޔަލް ނުވަތަ ”އެލް ޑޮރާޑޯ އޮފް ދަ ސީސް“ ފެތުނީ މެކްސިކޯ އަދި ކެރީބިއަން އިން ފުރައިގެން ޑާޓްމައުތަށް ދަތުރުކުރަމުން ދަނިކޮށް 23 ސެޕްޓެމްބަރު 1641 ވަނަ އަހަރު ކޯންވޯލްގެ އައްސޭރި ފަށަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އެ ނައު އަޑިއަށް ދިއުމުގެ ކުރިން ސްޕެއިންގެ ޕޯޓް ކާޑިޒްއަށް މަޑުކޮށް ބޯޓު މަރާމާތުކޮށް، އިތުރު މުދާ އެއަށް ބަރުކުރި އެވެ. އަދި އެ ނައު ފެތުނުއިރު އޭގައި އެތައް ބިލިއަން ޕައުންޑެއްގެ ރަނާއި ރިހި އަދި ޖަވާހުރި ހުރި ކަމަށްވެ އެވެ.
އެ ނައު ހޯދުމުގެ މަސައްކަތް މީގެ ކުރިންވެސް ކޮށްފައިވެ އެވެ. ނަމަވެސް ނައު ފެތުނު ސަރަހައްދުގެ ނުރައްކާތެރިކަމުން އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.
އެ ނައު ހޯދުމުގެ މަސައްކަތަށް މި ފަހަރު ނުކުތީ މަލްޓިބީމް ސާވިސް ނަމަކަށް ކިޔާ ކުންފުންޏެކެވެ. ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގެއްލިފައިވާ ނައުފަހަރު ހޯދުމަށް ހާއްސަ އެ ކުންފުނިން އިނގިރޭސި ޗެނަލްގެ 200 އަކަ މީޓަރުގެ ސަރަހައްދެއް ބަލާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ދަ މާޗަންޓް ރޯޔަލް ހޯދުމުގެ މަސައްކަތުގައި އެ ކުންފުނިން އަންމޭންޑް އަންޑަވޯޓާ އުޅަނދުތަކާއި އެޑްވާންސް ސޯނާ ޓެކްނޮލޮޖީ ބޭނުންކުރާނެ އެވެ.
”މާޗަންޓް ރޯޔަލްއަކީ އެ ސަރަހައްދަށް އަޑިއަށް ދިޔަ އެތައް ނަވެއްގެ ތެރެއިން އެއް ބޯޓު. އެހެންވީމަ އެތައް ބޯޓެއްގެ ބައިތައް އަހަރެމެންނަށް ދެނެގަނެވޭނެ،“ މަލްޓިބީމްގެ ލީޑަރު ނިގެލް ހަޖް ވިދާޅުވި އެވެ.

ގުޅުންހުރި
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް
އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާ
ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން
ރިބާއަކީ މުދަލުގެ ބަރަކާތް ކަނޑުވައި ދިރިއުޅުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާ އެއްޗެއް: