ނޮވެމްބަރ 22, 2024

ތިޔަބައިމީހުން އިންކާރުކުރަނީ ކޮންކޮން ނިޢުމަތްތަކަކަށް ހެއްޔެވެ

ނެތުމުގެ ތެރެއިން އިންސާނުން ވުޖޫދު ކުރެއްވި މަތިވެރި ޚާލިޤަކީޢަދަމުން މުނި ކާއިނާތު ވެސް ވުޖޫދު ކުރެއްވި އެއްކައުވަންތަ އިލާހެވެ. އެއްވެސް އިތުރު ބައިވެރިއެއްގެ އެހީއަކާ މަދަދެއް ނެތި އުޑުތަކާއި ބިމާ އެދެމެދުގައި ވާހައި ތަކެއްޗެއް އެކަލާނގެ ހެއްދެވިއެވެ. އެއަށް ފަހު ޢަރުޝިކޮޅުގައިއިސްތަވާވެވޮޑިގެންނެވިއެވެ. އަބޫހުރައިރަތުގެފާނުގެ ރިވާކުރެއްވި ޤުދުސިއްޔަޙަދީޘްފުޅެއްގައި ވެއެވެ. ރަސޫލުﷲ صَلّى اللهُ عَلَيْهِ وسَلَّمޙަދީޘްކުރެއްވިއެވެ. ((މަޚުލޫޤާތްތައް ޚަލްޤުކުރެއްވި ހިނދު މާތްރަސްކަލާނގެއެކަލާނގެ ޛާތުފުޅަށް ލިޔުއްވިއެވެ. ”ހަމަކަށަވަރުން ތިމަން އިލާހުގެ ކޯފާގެމައްޗަށް ތިމަން އިލާހުގެ ރަޙްމަތް އިސްކުރެވިގެންވެއެވެ.“)) (متفق عليه‏‏‏)

އެއިލާހު އުފެއްދެވި ކޮންމެ މަޚުލޫޤަކަށް ވެސް އެ މަޚްލޫޤެއްގެ އަޖަލާހަމައަށް ވާޞިލުވަންދެން ބޭނުންވާ ހުރިހާ ކަމެއް އެންމެ ފުރިހަމަ ގޮތުގައި،މިނުންމިނަށް ކަނޑައަޅުއްވަވައި ހިމެނުއްވެވިއެވެ. އަދި ކޮންމެ އެއްޗެއްމެ އެއެއްޗެއްގެ ރިޒުޤާ ހިސާބަށް ހިދާޔަތުކުރެއްވެވިއެވެ. އެއީ އެއިލާހުގެރަޙުމަތްފުޅުގެ ތަނަވަސްކަމެވެ. މާތް ވަޙީ ކުރައްވާފައި ވެއެވެ. ﴿وَالَّذِي قَدَّرَ فَهَدَىٰ﴾ (الأعلى: ٣) މާނައީ: [އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ.]

ޚާލިޤުލްކައުނައިނި އުފެއްދެވި މަޚުލޫޤުންގެ ތެރެއިން އިޚްތިޔާރުދެއްވަވައިފައި އުފެއްދެވި ދެ މަޚުލޫޤުންނަކީ އިންސީންނާއި ޖިންނީންނެވެ. އެދެ ބައިމީހުންނަށް އޮތީ ހެޔޮ މަގާއި ނުބައިމަގުގެ ތެރެއިން ބޭނުން މަގެއްއިޚްތިޔާރުކޮށް އެގޮތުގައި ޙަޔާތް ވެއަތިކުރުމުގެ ފުރުޞަތު ދެއްވަވައިފައެވެ. އެއިލާހު ވަހީކުރެއްވިއެވެ. ﴿وَهَدَيْنَاهُ النَّجْدَيْنِ(البلد: ١٠) މާނައީ: [އަދި ދެ މަގަށް ތިމަންރަސްކަލާނގެ އޭނާއަށް މަގުދެއްކެވީމެވެ.] އެހެންއާޔަތެއްގައި ވެއެވެ. ﴿إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا‏‏( الانسان: ٣) މާނައީ: [ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށްމަގުދެއްކެވީމެވެ. (އެއީ) އޭނާ ޝުކުރުވެރިވުމަށް ޓަކައެވެ. ނޫނީ އޭނާދެކޮޅުވެރިވެ، ކާފިރުވުމަށް ޓަކައެވެ.]

ދެ މަގަކީ ޝުކުރުވެރިވުމުގެ މަގާއި ކުފުރުވެރިވުމުގެ މަގެވެ. ޝުކުރުވެރިވެއްޖެ ބަޔަކަށް އިތުރު ކޮށްދެއްވާނޭ ކަމުގެ އުފާވެރި ޚަބަރާއިކުފުރުވެރިވެއްޖެ ބަޔަކަށް މާތް ރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެން ވާ ކަމުގެއިންޒާރު ވެސް ކީރިތި ޤުރުއާނުގައި ވަނީ ދެއްވައިފައެވެ. އެއިލާހުވަޙީކުރެއްވިއެވެ. ﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ (ابراهيم: ٧) މާނައީ: [އަދި ތިޔަބައިމީހުންގެވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން،ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން(ޝުކުރުނުކޮށް) ކުފުރުވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން،ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެން ވާ ކަން ކަށަވަރެވެ.] ކަން މިހެންއޮތް އިރު ޝުކުރުވެރި ނުވާންވީ އެއްވެސް ސަބަބެއް އިންސީންނާއިޖިންނީންގެ މައްޗަށް އޮންނާނޭތޮއެވެ؟

ނިޢުމަތްތައް އިތުރުވާން ކޮންމެ މީހަކު ވެސް އެދޭނެއެވެ. އެހެނަސްޝުކުރުވެރިވާކަށް ހަނދާނެއް ނުހުރެއެވެ. ނުވަތަ ޒަމާންތަކެއްގެމަސައްކަތަށް ފަހު ތަނަވަސްކަން އިތުރުވެގެން އަންނައިރު، އެއީ އޯގާވަންތައިލާހެއްގެ ކިބައިން ލިބުނު ނިޢުމަތްތަކެއް ކަން، ހަނދާނުގައިނުހުންނަނީއެވެ. މި ސަބަބަށް ޓަކައި، ރަޙުމާނުވަންތަ މާތްރަސްކަލާނގެވަނީ ހަނދާންކޮށްދޭ ފޮތެއް ކަމުގައި ކީރިތި ޤުރުއާން ލައްވަވައިފައެވެ. އެފޮތުގައި އައްރަޙްމާންގެ ނަމުން ސޫރަތެއް ޚާއްޞަކުރައްވައި، އެ ސޫރަތުގައިރަޙުމާންވަންތަ އިލާހުގެ ނިޢުމަތްތައް ޒިކުރުކުރެއްވެވިއެވެ. އަދި އެނިޢުމަތްތަކުގެ ތެރެއިން [އިންސީންނާއި ޖިންނީން އިންކާރު ތިޔަ ކުރަނީކޮންކޮން ނިޢުމަތްތަކަކަށްތޯ؟] ތަކުރާރުކޮށް ސުވާލުކުރެއްވެވިއެވެ. އެކިއެކިނިޢުމަތްތަކުގެ ވާހަކަ ވަކިވަކިން ހިމަނުއްވަމުން އެއިން ކޮންމެ ވާހަކައަކަށްފަހު، އެ ސުވާލު ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. ﴿فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ﴾ (الرحمن: ١٣)މާނައީ: [އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށްހެއްޔެވެ؟]

﴿وَالْأَرْضَ وَضَعَهَا لِلْأَنَامِ(١٠)‏ فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ(١١)‏ وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ(١٢)‏ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ(١٣)﴾‏ ‏(الرحمن) މާނައީ: [(10) އަދި ޚަލްޤުތަކުންނަށްޓަކައި އެކަލާނގެ ބިން ލައްވައިފައިވެއެވެ. (11)އެ ބިމުގައި މޭވާއާއި،އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ. (12) އަދި ތޮށި ހުންނަ ގޮވާންތަކާއި،މީރުވަސްދުވާ މާމެލާމެލި ވެއެވެ. (13)އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށްހެއްޔެވެ؟]

﴿يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ﴾ ‏(الرحمن: ٢٢) މާނައީ: ”އެދެކަނޑުން ރަންމުތާއި، މަރުޖާން ފައިދާވެ ނުކުމެއެވެ.] ﴿فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ﴾ (الرحمن: ٢٣) މާނައީ: [އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށްހެއްޔެވެ؟]

ދުނިޔެމަތީގެ ނިޢުމަތްތަކަށް ފަހު ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކަވެސް އެ ސުރަތުގައި ގެންނަވާފައި ވެއެވެ. ތަޤުވާވެރިކަން އިތުރުކޮށް މާތް ގެމަގަށް އެނބުރި ރުޖޫޢަވެ ތައުބާވުމަށް އަމިއްލަ ނަފުސަށް ހިތްވަރު ހޯދަންކިޔައިއުޅެން ރަނގަޅު ސޫރަތެއްކަމުގައި އައްރަޙްމާނު ސޫރަތް ހިމެނެއެވެ.ހިތުގެ މާޔޫސްކަމާއި އެކަނިވެރި ވުމުގެ އިޙުސާސްތައް ފިލުވައިލަން މޮޅު ފަރުވާއެކެވެ. މި ކަންކަން ހާބިލުކުރުމަށް ޓަކައި އެ ސޫރަތުގެ މާނަ ކިޔައި އެއާމެދު ވިސްނައި ފުކުރުހިންގާ އުޅޭށެވެ. މި މޫސުމަކީ އެކަމަށް އެންމެ ރަނގަޅުފުރުޞަތެވެ.