ސަރުކާރު ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ބިރު ދައްކައި ވަޒީފާއިން ވަކިކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެފަދަ މައުލޫމާތުތައް helpline@mdp.org.mv މެދުވެރިކޮށް އެމްޑީޕީއާ ހިއްސާކުރުމަށް އެދޭ ކަމަށް އެ ޕާޓީން ބުންޏެވެ
“މި ޕާޓީގެ ފަރާތުން މިހެން ވަޒީފާއިން ކަނޑާލާ ފަރާތްތަކަށް ގާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދަންނަވަމެވެ،” އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެނަކައިގެ މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އޭނާ ވަޒީފާއިން ވަކިކުރީ އެމްޑީޕީއަށް މަރުހަބާ ކިޔަން ނުކުތުމުންކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނެތި އެފަދަ މުވައްޒަފުންނާމެދު އެވަރުކޮށްލާއިރު މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރުގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅައިގެންދާނެ ކަމަށެވެ.




ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން