ރޯދަމަހުގެ އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ.
ޒަމް ޒަމް ހަޖް އެންޑް އުމްރާ ޓްރެވަލް ގުރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް ހުއްޓާއި ރޭ ފަތިހު ނިޔާވީ ހއ.ދިއްދޫ/ އޮސާކާ، އިބްރާހީމް ރަޝީދެވެ. އޭނާ އުމްރާގެ އަޅުކަމަށް ފުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
ޒަމް ޒަމް ހަޖް އެންޑް އުމްރާ ގުރޫޕުން ބުނީ، އުމުރުން 58 އަހަރުގެ އިބްރާހިމް ރަޝީދަކީ އުމްރާއަށް ދިޔައިރުވެސް ފުއްޕާމޭގެ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށެވެ. އޭނާ ނިޔާވީ މައްކާގައި ހުންނަ ނޫރް ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އެ ގުރޫޕުން ބުނެ އެވެ.
”މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަން އުޅެފައި އުމްރާއަށް ދާން ވެގެން ރާއްޖެ އައީ. އުމްރާއަށް ދިޔައިރުއްސުރެ ހޮސްޕިޓަލަށް ދިޔައީ ދައްކަމުން. ރޭގެ ވަގުތެއްގައި ހޮސްޕިޓަލުގައި އެޑްމިޓްކުރީ،“ ޒަމް ޒަމް ހައްޖު އެންޑް އުމްރާ ގުރޫޕުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިބްރާހިމް ރަޝީދު ނިޔާވި އިރު، އުމްރާގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައިވާ ކަމަށެވެ




ގުޅުންހުރި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް