މި ސަރުކާރުގެ ފަރާތުން ހުށަހެޅި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާ ގުޅޭ ބިލަށް ވޯޓުލުމަށް ސަރުކާރު މެމްބަރުން ނެތުމުން ނެގި ވޯޓު އެއްވަރުވެ, ރިޔާސަތުން ދިން ވޯޓާއެކު އެ ބިލު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމު ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ނެގި ވަގުތު މަޖިލީހުގައި 28 މެމްބަރުން ތިއްބެވި އެވެ. ނަމަވެސް, ވޯޓުގައި ބައިވެރިވީ އެންމެ ދެ މެމްބަރުންނެވެ. ފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް މެމްބަރަކު ވޯޓު ދެއްވި އެވެ.
ނަތީޖާ އެއްވަރުވުމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވޯޓު ދެއްވީ އެ ބިލު މަޖިލީހަށް ބަލައިނުގަތުމަށެވެ.
”ވޯޓާ ހިސާބަށް އައިއިރު ތަކުރާރުކޮށް އަޅުގަނޑު ދަންނަވަމުން ދިޔައީ މި ގަޑީގައި ވޯޓު އޮންނާނެ ކަމަށް. ފްލޯއިން މި ފެންނަނީ ސަރުކާރުގެ އެއްވެސް މެމްބަރަކު, ހަމަ އެއްވެސް މެމްބަރަކު ހާޒިރުވެ ނެތްކަން. އެހެންވީމާ މި ބިލުގެ މުހިންމުކަން ސަރުކާރުގެ މެމްބަރުންގެ ފަރާތުން ފެނިފައި ނުވާތީ އަޅުގަނޑު ވޯޓު ދެނީ ނުފެންނަ ކަމަށް,“ ވޯޓު ދެއްވި ސަބަބު ހާމަކުރައްވަމުން ސަލީމް ވިދާޅުވި އެވެ.




ގުޅުންހުރި
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލަށް ނިންމަނީ
ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް