ނޮވެމްބަރ 22, 2024

މާތް ﷲގެ ރަޙުމަތްފުޅު

ﷲއީ ޢާލަމްތަކުގެ ވެރި އިލާޙެވެ. ހުރިހާ ކަމެއް މިލްކުވެވޮޑިގެންވާ ފަރާތެވެ. ހުރިހާ ވެރިކަމެއްގެ ވެރި މާލިކެވެ. މަޝްރިޤާއި މަޣްރިބުގެ ވެރި އިލާހެވެ. އެ އިލާހުގެ މަތިވެރިކަމާއި ހައިބަވަންތަކަމީ އެ ނޫން އެހެން އެއްވެސް ފަރާތަކަށް ލިބިގެންވާ ކަމެއް ނޫނެވެ. ކައުނާއި އޭގައި ލެއްވި ހުރިހާ ތަކެއްޗެއްގެ މިލްކުވެރި ފަރާތެވެ. އެހެން އެއްވެސް ފަތާރަކަށް ބޭނުންވެ ވޮޑިގެން ނުވާ ހުރިހާ މަޚުލޫޤެއް އެއިލާހަށް ބޭނުންޖެހިގެންވާ އައް-ޞަމަދެވެ.

ﷲގެ ރަޙުމަތްފުޅާއި މަދަދުވެރިކަން އަޅުތަކުންގެ މައްޗަށް ތަނަވެސް ވެގެން ނުވީ ނަމަ ހެޔޮކަމުގެ ގޮތުން އެއްވެސް ކަމެއް އެއްވެސް އަޅަކަށް ނުވީހެވެ. މުޅިންވެސް ދިމާވާހުށީ އުނދަގުލާއި ތުރާލާއި މުޞީބާތެވެ. އެއީ އެއިލާހު އެދިވޮޑެގަންނަވާ ގޮތެއް ނޫނެވެ. އެއިލާހުގެ އަމިއްލަ ޒާތުފުޅަށް ރަޙުމަތް ލާޒިމުކުރައްވައި އަނިޔާވެރިކަން ޙަރާމުކުރެއްވިއެވެ. އަބޫ ހުރައިރަތުގެފާނުގެ ކިބައިން އިމާމު ބުޚާރީ ނެރުއްވެވި ޙަދީޘްފުޅެއްގައި ވެއެވެ. « إنَّ اللَّهَ كَتَبَ كِتابًا قَبْلَ أنْ يَخْلُقَ الخَلْقَ: إنَّ رَحْمَتي سَبَقَتْ غَضَبِي، فَهو مَكْتُوبٌ عِنْدَهُ فَوْقَ العَرْشِ »] رواه البخاري: 7554 [ މާނައީ: ”ހަމަކަށަވަރުން މާތް މަޚްލޫޤާތްތައް އުފައްދެވުމުގެ ކުރިޔަށް ފޮތެއްލިޔުއްވިއެވެ. (އޭގައި ލިޔުއްވައިފައި ވެއެވެ. ހަމަކަށަވަރުން ތިމަން އިލާހުގެރަޙުމަތްފުޅު ތިމަން އިހާލުގެ ކޯފާގެ މައްޗަށް ކުރިއަރައި ހިނގައްޖެއެވެ. ފަހެ އެ(ލިޔެފައިވާ ލިޔުން ވަނީ) ޢަރުޝިކޮޅުގެ މަތީގައި އެ އިލާހުގެ ޙަޟްރަތުގައެވެ.“ އަދިވެސް އެހެން ރިވާޔަތެއްގައި ވެއެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: لَمَّا قَضَى اللَّهُ الخَلْقَ كَتَبَ في كِتابِهِ فَهو عِنْدَهُ فَوْقَ العَرْشِ إنَّ رَحْمَتي غَلَبَتْ غَضَبِي. ] رواه البخاري: 3194، ومسلم: 2751 [ މާނައީ: ”މާތް މަޚްލޫޤާތްތައް އުފައްދަވާ ފުރިހަމަކުރެއްވުމަށް ފަހުގައި، އެ އިލާހުގެޙަޟްރަތުގައި ޢަރުޝިކޮޅުގައި އޮންނަ ފޮތުގައި ލިޔުއްވިއެވެ. ހަމަކަށަވަރުންތިމަން އިލާހުގެ ރަޙުމަތްފުޅު ތިމަން އިހާލުގެ ކޯފާގެ މައްޗަށް އިސްވެއްޖެއެވެ.

ބަޔާންވެގެން އައި ދެ ޙަދީޘްފުޅުން ވެސް ދޭހަވަނީ ރަޙުމަތްއިސްވެގެންވާ ކަމާއި އެ ކަމުގެ މުހިންމުކަމެވެ. އެއިލާހީ ހުރިހާ ކަމެއްމޮޅަށްދެނެވޮޑިގެންވާ ޙާލުވެސް، އަދި އެއިލާހީ ހަނދުމަނެތިވުމެއް ނުވާ އިލާހުކަމުގައި ވީ ހިނދު ވެސް ލިޔެފައި އޮތުމުން އެނގެނީ ކަމުގެ މުހިންމުކަމާއިއެ ކަމުގެ ޤަދަރުގެ ބޮޑުކަން އެ އިލާހުގެ ޙަޟްރަތުގައި ޔަޤީންވެފައި އޮތްކަމެވެ.

ﷲއަށް އެ ކަން ހަނދާންކޮށްދޭކަށް ނުވަތަ އެ އިލާހަށް މަޖުބޫރުކުރުވާކަށް އަރިހުގައި މަލާއިކަތަކު ނުލައްވައެވެ. ނުވަތަ ޚަބަރުކުރާނޭރަސޫލަކު ނުލައްވައެވެ. އަދި އެ ލިޔުއްވި ލިޔުއްވުން ނުވަތަ ފޮތް އަރުޝިކޮޅުއެ މަތީގައި ނޫން އެހެންތަނެއްގައި ލެއްވުމަށް އެ އިލާހު ރުހިވޮޑިއެއްނުގެންނެވިއެވެ. މީގެން ވެސް ދޭހަވަނީ އެ އިލާހުގެ އަޅުތަކުންނަށް ރަޙުމުކުރެއްވުމަށް އެއިލާހުގެ އަމިއްލަ ޒާތުފުޅަށް ލޯބިވެވޮޑިގަންނަވާ މިންވަރެވެ.

ﷲގެ ރަޙުމަތުގެ މައްޗަށް ކޯފާ އިސްކުރައްވައިފި ނަމަ އުޑުތަކައި ބިމުގައިއެ ކަން ތަހައްމަލު ކުރެވޭނޭ ބާރެއް ނުވެއެވެ. މި ކައުނުގެ އެއް ވެސް މަޚުލޫޤަކަށް އެއިން ސަލާމަތް ނުވެވޭނެއެވެ. ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ވިދާޅުވިއެވެ. ﷲގެ ކޯފާގެ މައްޗަށް އެ އިލާހުގެ ރަޙުމަތްފުޅުއިސްވެގެން ދިޔުން ދަލީލުކުރަނީ އެ އިލާހުގެ ރަޙުމަތްފުޅުގެ މަތިވެރިކަމާއިމާތްކަމެވެ.“

ފަހެ ދަންނައެވެ. ﷲގެ ރަޙުމަތްފުޅާއި އެއިލާހުގެ ކޯފާއަކީ ވެސް އެ އިލާހުގެސިފަފުޅުތަކުގެ ތެރޭ ހިމެނޭ ދެ ސިފަފުޅެވެ. އޭގެތެރެއިން ރަޙުމަތްފުޅުގެ ސިފައަޅުތަކުންގެ މައްޗަށް މާ ތަނަވަސް ވެގެންވެއެވެ. މާ ބޮޑަށް ޝާމިލުވެގެންވެއެވެ. އަދި މަތިވެރި ވެގެން ވެސް ވޭމެއެވެ. ވަޙީކުރައްވައިފައި ވާފަދައިންނެވެ. ﴿غَافِرِ الذَّنبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ لَا إِلَـٰهَ إِلَّا هُوَ إِلَيْهِ الْمَصِيرُ﴾ (غافر: ٣) މާނައީ: (އެކަލާނގެއީ) ފާފަފުއްސަވާ، ތައުބާ ޤަބޫލުކުރައްވާ، ޢުޤޫބާތް ގަދަފަދަ،ނިޢުމަތްތަކުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ (ޙައްޤުވެގެން އަޅުކަންވެވޭ) އިލާހަކު ނުވެއެވެ. (އެންމެހާ ތަކެތި) ރުޖޫޢަވުންވަނީ އެކަލާނގެޙަޟްރަތަށެވެ.“

މި އާޔަތަށް ބަލާ އިރު ފެންނަނީ ރަޙުމަތުގެ ލަފުޒުތަކުގެ މެދުގައިޢީޤާބުގެ ވާހަކަ ގެންނަވައިފައި ވާތަނެވެ. ފާފަފުއްސެވުމެވެ. ތައުބާޤަބޫލުކުރެއްވުމެވެ. ޢުޤޫބާތް ގަދަފަދަ ވެގެންވާކަމުގެ ޚަބަރު ދެއްވުމަށް ފަހު އަނެއްކާ ވެސް އަންގަވަނީ ނިޢުމަތް ތަނަވަސްވެގެންވާ ކަމުގެ ވާހަކައެވެ. މި އާޔަތުގައި އެވާ ”ذِي الطَّوْلِގެ މާނައަކީ ނިޢުމަތް ދެއްވަވާދެއްވެވުމެވެ. އެއްވެސް ބަދަލަކައި ނުލާ ހިބަކޮށްދެއްވަވާ ދެއްވެވުމެވެ. އެހެންކަމުން މާތްﷲގެ ކޯފާ އޮތީ ދެ ރަޙްމަތް ދެމެދުގައިކަމަށް އިބްނުލް ޤައްޔިމްއެކަލޭގެފާނުގެبدائع الفوائد“ގައި ލިޔުއްވައިފައި ވެއެވެ.

މި އުންމަތުގެ މާތް ނަބިއްޔާ، ﷲގެ އެންމެ ލޮބުވެތި މަޚުލޫޤު، މުޙައްމަދު صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ސަޖިދައިގައި އޮންނަވައިގެން އަންނަނިވި ދުޢާ ވިދާޅުވާކަމަށް ވެއެވެ. اللهُمَّ إِنِّي أَعُوذُ بِرِضَاك مِنْ سَخَطِك، وَبِمُعَافَاتِك مِنْ عُقُوبَتِك، وَأَعُوذُ بِكَ مِنْك، لَا أُحْصِي ثَنَاءً عَلَيْك، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِك  [رواه مسلم: 486]. މާނައީ: އޭ ، އިބަ އިލާހުގެ ކޯފާއިން ސަލާމަތްވުމަށް އިބަ އިލާހުގެ ރަޙުމަތްފުޅުންމިއަޅާ ވާގިއެދެމެވެ. އިބަ އިލާހުގެ ޢަޒާބުން ސަލާމަތްވުމަށް އިބައިލާހުގެފުއްސެވުމުން މިއަޅާ ވާގިއެދެމެވެ. އިބައިލާހުގެ ނުރުއްސެވުމުންސަލާމަތްވުމަށް އިބަ އިލާހުގެ ޙަޟުރަތުން މިއަޅާ ވާގިއެދެމެވެ. އިބަ އިލާހަށްޘަނާކިޔުން ޢަދަދު ނުކުރެވޭ ހުއްޓެވެ. އިބަ އިލާހު ވަނީ އިބަ އިލާހުގެ އަމިއްލަޒާތުފުޅަށް ޘަނާ މަތިވެރިކުރެއްވި ފަދައިންނެވެ.

މި ދުޢާއަށް ބެލައިލުމުން ވެސް އެނގެނީ ރަޙުމަތް ހުރިހާ މާނައެއްގައިމަތިވެރިވެގެން ވާކަމެވެ. އެ އިލާހުގެ ކޯފާއަށްވުރެ ރަޙުމަތްފުޅު ތަނަވަސްކަމުން، ކޯފާއިން ރައްކައުތެރިވުމަށް ރަޙުމަތުގެ ވެރި އިލާހުގެ ކިބައިން ވާގިއެދެނީއެވެ. ޢަޒާބަށްވުރެ ފުއްސެވުން ތަނަވަސްކަމުން، އަޒާބުން ރައްކާތެރިވުމަށްފުއްސަވާ އިލާހުގެ ކިބައިން އެދެނީއެވެ.

ﷲ އެއިލާހުގެ އަމިއްލަ ޒާތުފުޅުގެ މައްޗަށް ރަޙުމަތް ލާޒިމު ކުރެއްވީ އަޅުތަކުންނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އެ އިލާހުގެ ޒާތުފުޅަށް މަޚުލޫޤުންގެ ކަންކަން މަޖުބޫރު ކުރުވާކަށް ނޫނެވެ. މާތް އީރަޙުމާނުވަންތަ ރަޙީމުވަންތަ ރަސްކަލާނގެއެވެ. ﴿وَإِذَا جَاءَكَ الَّذِينَ يُؤْمِنُونَ بِآيَاتِنَا فَقُلْ سَلَامٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ الرَّحْمَةَ ۖ أَنَّهُ مَنْ عَمِلَ مِنكُمْ سُوءًا بِجَهَالَةٍ ثُمَّ تَابَ مِن بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَّحِيمٌ (الأنعام: ٥٤) މާނައީ: ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާ މީހުން ކަލޭގެފާނުގެ އަރިހަށްއަތުވެއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައްޗަށްސަލާމްހުށްޓެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ރަޙުމަތް އެކަލާނގެޒާތުފުޅުގެ މައްޗަށް ލާޒިމުކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެތެރެއިން ނޭނގުމާ އެކު، ނުބައިކަމެއްކޮށް، ދެން އެއަށް ފަހު، ތައުބާވެ(ޢަމަލުތައް) އިޞްލާޙުކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން،އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.

މަޚުލޫޤުންނަށް ޓަކައި އޯގާވަންތަ އިލާހެއް ކަމުގައި ﷲ ވޮޑިގެންވެއެވެ. އަޅުންނަށް އޮތީ ދެންނެވުމެވެ. ދެއްވެވުމާއި ދިންނެވުން ވަނީ އެއިލާހު ޙަޟުރަތުގައެވެ. ދެންނެވުން ތަކުރާރުވާ ނަމަ ދޫތަކުން، ދެއްވެވުން ތަކުރާރުވީހޭ ރަޙުމަތުން.