ބޭނުންވާ ތަކެތި
– ފުށްގަނޑު ތައްޔާރުކުރުމަށް:
- 3 ޖޯޑު ފުށް
- 1 ސައިސަމުސާ ލޮނު
- 1 ސައިސަމުސާ ބޭކިން ޕައުޑަރު
- 2 މޭޒުމަތީ ސަމުސާ ހަކުރު
- 1 ބިސް
- 1 ½ މޭޒުމަތީ ސަމުސާ އިސްޓް
- 1 ޖޯޑު ދިޔާ ކިރު
- 2 މޭޒުމަތީ ސަމުސާ މާޖިރިން
– ފިލިން ތައްޔާރުކުރުމަށް:
- 2 ދަޅު މަސް
- 1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
- 1 ފިޔާ (ކުދިކޮށް ކޮށާފައި)
- 1 ސައިސަމުސާ ޖިންޖާ ގާލިކް ޕޭސްޓް
- 1 ސައިސަމުސާ މިކްސްޑް ހާރބްސް
- 2 މޭޒުމަތީ ސަމުސާ އޮއިސްޓާ ސޯސް
- 2 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް
- 1 ދަޅު ޓޮމާޓޯ ޕޭސްޓް
- ރަހަލާވަރަށް ލޮނު
- 1 ސައިސަމުސާ އަސޭމިރުސް
- ސްލައިސް ޗީޒް
ތައްޔާރުކުރާނެ ގޮތް
ފުށްގަނޑު ތައްޔާރުކުރުމަށް ކޮންޓެއިނަރަކަށް ކިރު، ހަކުރު އަދި އީސްޓް އަޅައި އެއްކުރުމަށްފަހު 15 މިނެޓް ވަންދެން އެއްފަރާތެއްގައި ބަހައްޓާލާށެވެ. ދެން މީގެ ތެރެއަށް ބިސް، ބޭކިން ޕައުޑަރު، ލޮނު އަދި ފުށް އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ދެން މީގެ ތެރެއަށް މާގިރިން އަޅައި އެއްކޮށްލާށެވެ. ދެން 30 މިނެޓް ނުވަތަ 1 ގަޑިއިރު ވަންދެން ކަވަރުކޮށްފައި ބަހައްޓާލާށެވެ.
ފިލިން ތައްޔާރުކުރުމަށް ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާ، ކެޕްސިކަމް އަދި ލޮނު އެޅުމަށްފަހު ފިޔާކޮޅު ރަތްކޮށްލާށެވެ. ދެން މީގެ ތެރެއަށް ޖިންޖާ ގާލިކް ޕޭސްޓް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު މަސްދަޅު، އަސޭމިރުސް، އޮއިސްޓާ ސޯސް އަދި ޗިލީ ގާލިކް ޕޭސްޓް ސޯސް، މިކްސްޑް ހާބްސް އަދި ޓޮމާޓޯ ޕޭސްޓް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު މަސްގަނޑު ހަނާކޮށްލާށެވެ.
ފުށްގަނޑުން ގުޅަ ޖަހާލުމަށްފަހު މި ގުޅަތައް ރޮށިދަމާ އެތި ބޭނުންކޮށްގެން ދަމާލާށެވެ. ދެން މީގެ މަތީގައި ތައްޔާރުކުރި މަސްގަނޑުން މަސްކޮޅެއް ފަތުރާލުމަށްފަހު ޗީޒް ސްލައިސްތައް މީގެ މަތީގައި ފަތުރާލާށެވެ.
އެއަށްފަހު މި ފުށްގަނޑު އޮޅާލުމަށްފަހު މީގެން ރޯލްތައް ބައިބައި ކުރާށެވެ. ދެން މި ރޯލް ތަކުގެ މަތީގައި ބިސްކޮޅެއް ހާކާލުމަށްފަހު 200 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަން އެއްގައި މި ރޯލްތައް ފިހެލާށެވެ.
ގުޅުންހުރި
ފުރުގާން މިސްކިތަށް ގެއްލުންދީ ހަތިމުތައް އުކާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހީމް، ނަޝީދުއާ ބައްދަލުކުރި ވާހަކަ ދޮގުކޮށްފި
ޑުރަގުގެ ގާނޫނު އިސްލާހުކޮށް، ގޭންގު ކުށްތައް ހުއްޓުވަން އާ ބިލެއް ހުށަހަޅަނީ
ކުޑަކުދިންނަށް ދޭ ސިރަޕަކުން ނުރައްކާތެރި ކެމިކަލެއް ފެނިގެން ވިއްކުން މަނާކޮށްފި
ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމި
ސީއެސްސީގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު ހޯދައި ޖާސޫސު ކުރަމުންދާތާ އެތައް ދުވަހެއް!