މި އަހަރުގެ ފިތުރު އީދު ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާންމުންނާ އީދު ސަލާމް ކުރައްވަން ނިންމަވައިފި އެވެ.
އެކަން ހާމަކުރައްވައި މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީދު ސަލާމް ކޮށްލެއްވުމަށާއި މާދަމާ އެ މަނިކުފާނާ ބައްދަލުކޮށްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ވަގުތުކޮޅެއް ހުސްކޮށްލުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން އީދު ސަލާމް ކުރުން ކުރިއަށްދާނީ މ. އެންދެރިމާގޭގައި ހެނދުނު 9:30 އިން 11:00 އަށެވެ.
ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް އީދު ސަލާން ކުރެއްވުން އޮންނާނެ އެވެ. އީދު ސަލާން ކުރެއްވުން ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ކަމަށެވެ.




ގުޅުންހުރި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ