ކުރިން ނިންމާފައިވާ 15 ހެކްޓަރުގެ ބަދަލުގައި ލ. މާވަށުން 30 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ލ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެެ ތެރެއިން މިއަދު އެ އަތޮޅު މާވަށަށް ވަޑައިގެން ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. ނަމަވެސް ރަށްރަށުގައި ބޯޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދޭނެހޭ ބިމުގެ ޖާގައެއް ނެތް ކަމަށެވެ. އެހެންކަމުން ބިން ހިއްކަން ޖެހޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”ތިބޭފުޅުންނަށް އޮތީ ކުރިން 15 ވަރަކަށް ހެކްޓަރުގެ މަޝްރޫއެއް. އަޅުގަނޑު ގަސްތުކުރަނީ އަދި ރައްޔިތުންވެސް ބޭނުންވަނީ އެވަރެއް ނޫން. އެހެންވީމަ އެއަށްވުރެ އިތުރުކުރަން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ 15 ހެކްޓަރެއް ނޫނޭ 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދޭނަން،،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މާވަށުގެ ތަރައްގީއަށް ކުރަން ޖެހިފައިވާ ކަންކަން ސަރުކާރުން ކުރިިއަށް ގެންދާނެ ކަމަށެވެ. އެގޮތުން 30 ހެކްޓަރުގެ ބިން ހިއްކައި ނިމުމުން، މާވަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލުލިބި، ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަދި ވިދާޅުވީ މާވަށު ބިން ހިއްކުމުގެ މަޝްރޫއު ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.




ގުޅުންހުރި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ