ތ. ވިލުފުއްޓާ އެއް ފަޅެއްގައި އޮންނަ ފަހަލައަށް ދަތުރު ގޮސް އުޅެނިކޮށް ގެނބިގެން މަރުވީ ޖެންޑާއިން މޮނިޓާ ކުރަމުންދިޔަ ކުއްޖެއްކަން އެނގިއްޖެއެވެ.
ވިލުފުށި ކައުންސިލުން ހަފުތާާއަށް މައުލޫމާތު ދެއްވި ކައުންސިލް މެމްބަރަކު ވިދާޅުވީ ޖެންޑާ މިނިސްޓްރީން އެ ކުއްޖާ ހަވާލުކޮށްފައިވަނީ ކުއްޖާގެ މާމައާ ކަމަށެވެ.
”މާމަ ކައިރީގައި ހުރި ނަމަވެސް ޖެންޑާގެ މޮނިޓަރިންގަ ހުރީ. ބައެއް ދުވަސް ދުވަހު ޖެންޑާގެ ޓީމެއް ވެސް ދާނެ އެ ކުއްޖާގެ އުޅޭ ގެއަށް“ މެމްބަރު ވިދާޅުވިއެވެ.
ގެނބިގެން މަރުވީ އާއިޝަތު ޝައިމާ ނަމަކަށް ކިޔާ 17 އަހަރުގެ ކުއްޖެކެވެ. ޝައިމާގެ ދާއިމީ ރަށްވެހިކަން މާލޭގައޮ އޮތަސް އެ ކުއްޖާ ދިރިއުޅެމުން ގެންދިޔައީ ވިލުފުށީ ވައިޖެހޭގޭގަައި އެ ރަށުގެ އާއިލާ އާއެކުއެވެ.
ޝައިމާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސް ވަޅުލައިފައެވެ. އެނގިފައިވާ ގޮތުގައި ޝައިމާ މަރުވި މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ދަނީ ތަހުގީގެއް ކުރަމުންނެވެ.
ފުލުހުން އިއްޔެ ބުނީ ޝައިމާ ގެނބިގެން ވިލުފުށި ހެލްތް ސެންޓަރަށް ގެންދާކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށާއި ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި