ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއީ މަނީ ލޯންޑަރރިންގެ ކުށް ސާބިތުވުމުގެ ސަބަބުނ ްކުރީގެ ރައީސް އަބްުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތަށް ނިމިފައިވިނަމަވެސް ހައި ކޯޓުން އެ މައްސަލައިގައި ހުކުމް ކުރުން ލަސްވާ މައްސަލަ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިމަހުގެ 21 ގައިި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެމްޕޭނަށް އެމްޑީޕީން، އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާއެއްގައި އަސްލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތް ނުބާއްވާ ގިނަ ދުވަސްވުމުން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާކަން ސާފުވާ ކަމަށެވެ. ޔާމީންގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައިވަނީ މީގެ ހަތަރުމަސް ކުރިންކަމަށް އަސްލަމް ވިދާޅުވިއެވެ.
”ހަތަރު މަސް ވެގެން ދިޔައިރު ހަމައެކަނި ހުކުމް އިއްވާނުލެވިފައި އޮތީ. އެހެންވީމަ ސަރުކާރުން މިކަމަށް އަތް ބާނާ މިންވަރު މިކަމުން މި ފެންނަނީ. ވަރަށް ބޮޑު ތުހުމަތެއް އެބަ އޮވޭ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީ އިން ބެލުމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ މާދަމާ (މިއަދު) މައްސަލަ ލާނަމޭ،“ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ވަކި ރައީސަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލަައިނުގަންނާނެ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ކުރީގެ ރައީސުންނަށް ދޭންޖެހޭ އިހުތިރާމް ދޭންވާނެ ކަމަށެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
ޖޭއެސްސީގެ ރައީސް ކަމަށް މެންބަރު ރިޒާ
އެއް މިލިއަން ޑޮލަރު ހޯދަން ޔާމީން ހުށަހެޅި މައްސަލަ މަޑުޖައްސާލަން ހައި
ޔާމީންގެ ޕީއެންއެފް ރަޖިސްޓްރީކޮށް ދީފި
ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕު ހީކުރެއްވީ އަޅުގަނޑު އޮންނާނީ އުމުރަށް ޖަލުގައި ކަމަށް: ޔާމީން
މީޑިއާ ކުރިމަތީގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ އެކިފަހަރު އެކި ގޮތަށް، ދޮގު
ޔާމީން މިނިވަންވުމުން އެނގެނީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާކަން: އަދުރޭ