ނޮވެމްބަރ 22, 2024

ނިލަންދުއަށް ވައުދު ފުންޏެއް: ޖެޓު ޖެއްސޭވަރުގެ އެއާޕޯޓެއް، ފަޅުގައި ދެ ރިސޯޓު، ސިޓީ ހޮޓަލެއް އަދި އާ ހޮސްޕިޓަލެއް

ފ. ނިލަންދުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގިނަ ވައުދުތަކެއް ވެވަޑައިގެންފި އެވެ.

އަންނަ ހަފުތާގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާ ވާދަކުރައްވަނީ ދަރަނބޫދޫ އާއި ނިލަންދޫ ހިމެނޭ ނިލަންދޫ ދާއިރާ އަށެވެ.

ސައުދާގެ ކެމްޕެއިނަށް އިއްޔެ ނިލަންދުއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ނިލަންދޫ ރައްޔިތުން ތަރައްގީގެ ސަފުން ބާކީ ވެދާނެތީ މަޔޫސްވެގެން ނުވާނެ ކަމަށާއި ސަރުކާރުން ނިލަންދޫ ތަރައްގީ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެގޮތުން ރައީސް ވަނީ ނިލަންދުއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެ ވައުދުތަކުގެ ތެރޭގައި:

  • ނިލަންދޫގައި ހަދާ އެއާޕޯޓް ޖެޓް ޖެއްސޭ ފެންވަރަށް ތަރައްގީކުރުން
  • ފަޅުގައި ދެ ރިސޯޓް ހެދުން
  • ސިޓީ ހޮޓަލެއް ހެދުން
  • އާ ހޮސްޕިޓަލެއް ހެދުން
  • ނިލަންދޫ މަގުތައް ހެދުން
  • ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން
  • ޑައިލިސިސްގެ ހިދުމަތް ފެށުން