ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ތަޖުރިބާކާރުންގެ ޓީމެއް އެ ރަށަށް ގޮސްފިއެވެ.
ކުޅުދުއްފުށީގައި ކަރަންޓް ކެނޑޭ މައްސަލަ ދިމާވެފައިވާތާ މިހާރު ވަނީ މަހެއްހާ ދުވަސްވެފައެވެ. މިއަދު ހެނދުނު 9:15 އިން ފެށިގެން ވެސް މުޅި އެ ސިޓީން ވަނީ ކަރަންޓު ކެނޑިފައެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކް ޕޯސްޓުގައި ބުނީ، ފެނަކައިގެ އެދުމުގެ މަތިން ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެކުންފުނީގެ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުން ހިމެނޭ ޓީމެއް އެ ސިޓީއަށް ދަތުރު ކުރަމުންދާ ކަމަށެވެ.
”އެ ސިޓީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސްޓެލްކޯގެ ޓީމާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން އެ މައްސަލަ ހައްލުކޮށް، ވީއެންމެ އަވަހަކަށް އެ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ،“ ފަހުމީ ވިދާޅުވިއެވެ.
ފެނަކައިން ބުނީ ކުޅުދުއްފިއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެނީ މިއަދު 18:00 ގައި ކަމަށެވެ. ނަމަވެސް އެ ގަޑިއަށް ކަރަންޓު ދެވިފައިނުވެއެވެ.
ކަރަންޓުގެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްވެފައިވާތީ މިދިޔަ ހަފުތާގައި ކުޅުދުއްފުށީގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.
ގުޅުންހުރި
ސްޓެލްކޯގެ 500،000 ގަސް އިންދުމުގެ ޕްރޮގްރާމް: 4 މަސް ތެރޭ 36،800
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި
ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިންގެ ޕްރޮގްރާމުގެ ހަތް ވަނަ ބެޗު ފަށައިފި
ސްޓެލްކޯ ފޮޅާ ސާފުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި
އައްޑޫގެ ފެނަކަ ބްރާންޗަކުން ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލައެއް ބަލަނީ
ގުދުރަތީ ގޭހުން ރާއްޖޭގައި ކަރަންޓު އުފައްދަން ސިންގަޕޫރު ކުންފުންޏެއްގެ ހުށަހެޅުމެއް