އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެންނަ ހަންކެޑެ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.
އައްޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހަންކެޑެ މަޝްރޫއުގެ ބިންގާ އަޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) ވައިސް ޕްރެސިޑެންޓް ޖިން ކިހޯއެވެ.
ހަންކެޑެ މަޝްރޫއު ސީއެންއީއީސީއާ ހަވާލުކޮށްފައިވަނީ 2023 މާޗު 30 ވަނަ ދުވަހުގައެވެ. އެއީ 175 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ހަންކެޑެ ތަރައްގީކުރަން ނިންމާފައިވަނީ އެއްފަހަރާ އެއްފަހަރާ 25،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެތަނުގައި 1041 ކޮޓަރި ހެދުމަށް ނިންމާފައިވާއިރު އެއީ 2،082 ޓުރީސްޓު އެނދެވެ. ކޮޓަރިތައް ހަދަނީ ތަފާތު އެކި ރޭންޖުތަކާއި ތަފާތު ޑިޒައިންތަކަށެވެ.
ހަންކެޑެ ސަރަހައްދު ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ކަނޑައަޅުއްވާފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2021 ޑިސެމްބަރު 2 ގައި ނެރުއްވި ގަރާރަކުންނެވެ. ހަންކެޑެގައި ރިސޯޓެއް ތަރައްގީ ކުރަން ފަސް ފަހަރެއްގެ މަތީން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައިނުވެއެވެ.
ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ވަނީ ހަންކެޑެ ތަރައްގީކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތައް އާއްމުކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަންކެޑެގެ މަސައްކަތް ފައްޓަވައިދެއްވާނެކަމަށް ރިޔާސީ އިންތިހާބުގައި ކެމްޕޭނުގައި އައްޑޫއަށް ވަޑައިގެން ވައުދުވެވަޑައިގެންފައެވެ.

ގުޅުންހުރި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ވޯޓުގައި ބޭނުންވާ ވަކި ނަތީޖާއެއް
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން މި މަހު 24ގައި
ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި
މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް
ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގެ އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި އެލައިޑް
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ