އޮކްޓޯބަރ 5, 2024

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ، ވައިސް އަކަށް ގިޔާސް އައްޔަން ކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ މިއަދު އައްޔަން ކުރައްވައިފި އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ އައްޔަން ކުރެއްވީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، 39 އަހަރުގެ ހިދުމަތަށްފަހު އުމުރުން 60 އަހަރު ފުރުމާއެކު ސިފައިންގެ ހިދުމަތުން އިއްޔެ ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ސިފައިންގެ ގާނޫނު ބުނާ ގޮތުން، އެ އިދާރާގެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

ރައީސް އޮފީހުން ބުނީ ވައިސް ޗީފަކަށް ހުންނެވި ހިލްމީ ސިފައިންގެ ޗީފަކަށް ހަމަޖައްސަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ފަތްކޮޅު އަރުވާފައިވާ ކަމަށެވެ.

ސިފައިންގެ ޗީފަކަށް ހިލްމީ އައްޔަންކުރެއްވުމުން ވައިސް ޗީފަކަށް އައްޔަންކުރެއްވީ މެރިން ކޯގެ ކޮމާންޑަރަކަށް ހުންނެވި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސެވެ.