ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ކުރީ ސަރުކަރުން ފުލެޓް ދިނުމަށް ނިންމާފައިވާ ލިސްޓަށް ބަދަލުތަކެއް ގެނެސް މި ސަރުކާރުން ތައްޔާރުކުރި ކަމަށް ބުނާ ލިސްޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީއާއި މެދު އާންމުންގެ ހިތްތަކުގައި ނުބައި ތަސައްވަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރަމުންދާ ކަމަށެވެ.
”މި ސަރުކާރުގެ ވިސްނުމަކީ ދެންނެވުނު ދެ ސްކީމުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމުގައިވާއިރު، އުސޫލާއި ހިލާފަށް އެއްވެސް ރައްޔިތަކު މިއިން ސްކީމެއްގެ ދަށުން ބާކީކޮށް ނުލާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ“ ހައުސިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަކީ އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމާއި ގުޅިފައިވާ ވަރަށް ހައްސާސް މައްސަލެއް ކަމަށާއި އެހެންކަމުން މިނިސްޓްރީގެ ބަހެއް ނެތި ހަގީގަތާ ހިލާފު ވާހަކަތައް ފެތެރުމަކީ ސީރިއަސް މައްސަލައެއް ކަމަށް ބުންޏެވެ.




ގުޅުންހުރި
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
ފަހި ފުލެޓުތަކުގެ މަހު ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލުތައް އާންމުކޮށްފި
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް