އދ. ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އެމެރިކާއިން ހުރަސް އެޅުމުން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އދ.ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އިއްޔެ ޖެނެރަލް އެސެމްބްލީން ނިންމި ނިންމުން އެމެރިކާއިން ވަނީ ވީޓޯ ކޮށްފައެވެ.
އެކަމުގެ ކަންބޮޑުން ފާޅުކޮށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ވަކާލާތު ކުރަނީ ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ކަމަށެވެ. ހުރިހާ ގައުމަކާމެދު އިންސާފު ހަމަހަމަ ގޮތެއްގައި އަދ.އިން ކަންތައް ކޮށްދޭން ޖެހޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެއިން އިއްޔެ ބުނެފައިވަނީ ފަލަސްތީނަކީ ޔޫއެންގެ ފުރިހަމަ މެމްބަރުކަން ލިބިފައިވާ ގައުމަކަށް ހެދުމަށް އދ.ގެ ހުރިހާ ގައުމެއް މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ އެޖެންޑާގައި ފަލަސްތީނުގެ މައްސަލަ އޮންނަނީ އިޒްރޭލުން، ފަލަސްތީނު ރައްޔިތުންނާ މެދު ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކުގެ ސަބަބުން ކަމަށާއި ނަމަވެސް، ސަލާމަތީ މަޖިލީހުން އެކަން ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް ރާއްޖެއިން ބުންޏެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ހަރަކާތްތައް ނިމުމަކަށް ގެނެވޭނީ އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކޮށް ފަލަސްތީނަކީ ޔޫއެންގެ މެންބަރު ގައުމަކަށް ހަދާ އެ ގައުމުގެ މިނިވަން ކަމަށް އަޑު އުފުލައިގެން ކަމަށް ރާއްޖެއިން ބުންޏެވެ.
ގުޅުންހުރި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލް އަވަސްކުރަން ގޮވާލި ގަރާރު ބޭރު ކޮށްލައިފި
އެއް ބިލިއަން ޑޮލަރުގެ ދަރަންޏާއި ސުކޫކް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފަށައިފި
ބަޖެޓުން ހަރަދުކުރި ދެ ބިލިއަން ރުފިޔާގެ ރިކޯޑެއް ނެތް، އިހުމާލުވި މީހުންނަށް
ރާއްޖޭގެ ދަރަނީ ކަންކަމުގައި ސަރުކާރަށް ލަފާ ދޭން އެމެރިކާގެ ކުންފުންޏެއް
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކުން