އެ މަނިކުފާނުގެ ފޯކަސް ނަތީޖާ ނެރެދެއްވުމަށް ކަމަށާއި ނަމަވެސް އެމްޑީޕީގެ ފޯކަސް އޮތީ ސަރުކާރު ބަދަލުކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް އައްޑޫ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަޖިލީހުގެ އައްޑޫގެ ގޮޑިތައް ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
”ނަތީޖާ އެކަނި ނެރެދިނުމަށް ފޯކަސް ކުރާ ސަރުކާރެއް އަޅުގަނޑު ބޭނުން ވަނީ ހިންގަން. އެންމެ ދުވަހެއް ވެސް އެންމެ ގަޑިއިރެއް ވެސް މި ސަރުކާރަކުން ބޭކާރެއް ނުކުރަން، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ނޫނިއްޔާ އަޅުގަނޑުމެންގެ އެއްވެސް ބޭފުޅަކު ވަގުތެއް ހޭދައެއް ނުކުރައްވަވާ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖެއަށް ހަމަޖެހުން ގެންނަން ކަމަށާއި ހަމަޖެހުން ނެތި ހަގީގީ މާނައިގައި ތަރައްގީ ނުގެނެވޭނެ ކަމަށެވެ.
”މަޖިލީހަށް އަޅުގަނޑުމެންނާ ދެކޮޅަށް މަސައްކަތް ކުރާ، ބަދަލު ހިފުމުގެ ރޫހު ގެންގުޅޭ ބަޔަކަށް ފުރުސަތު ދީގެން ފެންނާނީ ދެކޮޅު ހެދުން. ހަމަނުޖެހުން ކޮންމެ ދުވަހަކު ފެންނާނީ ސަރުކާރަށް ހުރަސް އެޅުން. މިދިޔަ ފަސް މަހު ވެސް ފެނުނީ އެ މަންޒަރު،“ ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ ފަސް މަސް ދުވަހު ސިޔާސީ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު