އެމްޑީޕީއަކީ ރާއްޖޭގެ މިނިވަން ކަމަށާއި ތަރައްގީއަށް ކުރިމަތިވެފައިވާ މުސީބާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި އަދުރޭ ވިދާޅުވީ ދިވެހީންގެ ރާއްޖެއެއް ބިނާ ކުރަމުގެ މަސައްކަތް ރައީސް މުއިއްޒު ކުރައްވަމުންދާއިރު ސިޔާސީ ލީޑަރުންގެ ކޯޅުމުގެ ތެރޭގައި އަބަދު ތިބެވޭކަށް ނެތް ކަމަށެވެ.
އެފަދަ ސިޔާސީ ކޯޅުންތަކުގައި ރައްޔިތުން ފަނާވެގެން ނުވާނެ ކަމަށާއި އެމްޑީޕީން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައިގެން އެއްވެސް ކަމެއް ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”އެމްޑީޕީއަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ބޮޑު މުސީބާތެއް. ދިވެހިރާއްޖޭގެ މިނިވަންކަމަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ހުރަހެއް. އެހެންވީމަ, އެ ހުރަސްތައް ނައްތާލައި އެ ގޮންޖެހުންތައް ގިރާކޮށް އެ މުސީބާތުން ސަލާމަތްވުމަށްޓަކައި ދިވެހިންގެ ރާއްޖޭގެ ސަރުކާރެއް ގާއިމްކުރަން, ދިވެހިންގެ ވެރިއަކު ރައްޔިތުންގެ މަޖިލީހަށް ދޭންވީ.“ އަދުރޭ ވިދާޅުވިއެވެ.
ރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނެވެން ހަމައެކަނި ސަރުކާރު ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ކޮށްގެން ކަމަށް އަދުރޭ ވިދާޅުވިއެވެ. މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ރޭގަނޑާއި ދުވާލު މަގުމައްޗަށް ނުކުތީ ފަސް ހަ މީހުންނާއެކު ކަމަށާއި އެއިރު ވެސް އެމްޑީޕީން ދިޔައީ ފުލުހުން ފޮނުވައި ގައުމުގެ ހަމަޖެހުން ނަގާލަމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.




ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް