މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުންނާއި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުލިބި، ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ސީނިއާ މެންބަރުން ހިމެނޭހެން 37 ކެންޑިޑޭޓުން ވާދަކުރި އެވެ. އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ގައްދޫ ދާއިރާގެ މެމްބަރު އަލީ ޒާހިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު (ހަސަންކޮ) އަދި މާފަންދު މެދު ދާއިރާ އިބްރާހިމް ރަޝީދު (ބޮންޑޭ ވާދަކުރެއްވި އެވެ.
މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އެއްވެސް ބޭފުޅަކަށް އިންތިހާބު ކާމިޔާބު ކުރެވިފައިނުވެ އެވެ. އިންތިހާބުގައި އަދާލަތު ޕާޓީން ހަތަރު ދާއިރާއަކަށް ވާދަ ކުރި އެވެ.
އެއީ މަކުނުދޫ ދާއިރާއަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، ވައިކަރަދޫ ދާއިރާއަށް ހުސެއިން ސަގީފް، އިނގުރައިދޫ ދާއިރާއަށް އިސްމާއިލް އަލީ އަދި ފުނަދޫ ދާއިރާއަށް އިސްމާއިލް ހަމީދެވެ. އެ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ލިބިވަޑައިގަތީ ނާކާމިޔާބީ އެވެ.




ގުޅުންހުރި
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު