މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިންތިހާބުވެފައިވާ މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ހުވައި ކުރައްވާނީ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އިންތިހާބަށްފަހު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަސްލަމް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ހުރިހާ މެންބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ މެންބަރުން ހުވައި ކުރުމުގެ ތައްޔާރީތައް މަޖިލިސް އިދާރާއިން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ހިނގާނީ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެހެންކަމުން މަޖިލީހުން އެހެން ގޮތަކަށް ކަނޑަަނާޅާ ހިނދަކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ 13 ގައި ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނަތީޖާ:
- ޕީއެންސީ އަށް: 66 ގޮނޑި
- އެމްޑީޕީ އަށް: 12 ގޮނޑި
- އަމިއްލަ މެންބަރުންނަށް: 11 ގޮނޑި
- އެމްޑީއޭ އަށް: 2 ގޮނޑި
- ޖޭޕީ އަށް: 1 ގޮނޑި
- އެމްއެންޕީ އަށް: 1 ގޮނޑި
ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ ހަމައެކަނި އެ ބޭފުޅުން ކުރިމަތިލެއްވި ގޮނޑި އެވެ.
ގުޅުންހުރި
މަޖިލީހުގެ ތިންވަނަ ދައުރު ފަށާނީ އަންނަ މަހުގެ 7 ގައި
އަވައްޓެރި ޤައުމުތަކަށް އަބަދުވެސް އިހުތިރާމް ކުރާނަން، ސިޔާސީކޮށް ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ:
ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި
ތިނަދޫ ކައުންސިލުން ފިތުނަވެރި ކަންކަން ނުކުރުމަށް މެންބަރު ސައުދުﷲ އެދިވަޑައިގެންފި
ކޮރަޕްޝަންގެ ތުހުމަތުވާ ޓެކްސް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކޮށްފި
ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށްފަހު ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން